ބޮލީވުޑް

ޝާހްރުކް އާއި އަނުޝްކާގެ އާ ފިލްމު އަންނަ އޮގަސްޓުގައި ރިލީޒްކުރަނީ

Dec 1, 2016

ސުޕަސްޓާ ޝާހްރުކް ޚާން އާއި ބަތަލާ އަނުޝްކާ ޝަރްމާ ތިން ވަނަ އަށް އެކުގައި ކުޅުނު ފުރަތަމަ ފިލްމު "ދަ ރިންގް" އަންނަ އަހަރުގެ އޮގަސްޓުގައި ރިލީޒްކުރާކަން ހާމަކޮށްފި އެވެ.

އިމްތިއާޒް އަލީ ޑައިރެކްޓްކޮށްފައިވާ މިފިލްމު އަންނަ އަހަރުގެ އޮގަސްޓުގެ 11 ވަނަ ދުވަހު ރިލީޒްކުރާކަން ހާމަކޮށްފައިވަނީ ސަލްމާން ޚާން ކޮށްފައިވާ ޓްވީޓެއްގަ އެވެ.

މިފިލްމުގެ ޕޯސްޓަރަކާއެކު ސަލްމާން ކުރި ޓްވީޓްގައި ވަނީ ޝާހްރުކްގެ އާފިލްމު ބެލުންތެރިންނާ ހަމައަށް އަންނަނީ ކަމަށާއި ފިލްމު ރިލީޒްކުރާ ދުވަސް އޭނާ ވަނީ ނިންމާފައި ކަމަށެވެ. އަދި ފިލްމަށް ކިޔާނެ ނަމެއް ބެލުންތެރިން ނިންމުމަށް އެދިފަ އެވެ.

ބުޑާޕެސްޓް އާއި ޕްރާގްގައި މަންޒަރުތައް ނަގާފައިވާ މިފިލްމުގައި ޝާހްރުކް ފެނިގެންދާނީ ޓުއާގައިޑެއްގެ ރޯލުންނެވެ. "ދަ ރިންގް" އަކީ މިފިލްމުގެ ޝޫޓިންގައި ކިޔަމުން އައި ނަމެކެވެ. މިހާތަނަށް ވެސް މިފިލްމުގެ ނަން ހާމަކޮށްފައެއްނުވެ އެވެ.

"ދަ ރިންގް" 2007 ވަނަ އަހަރު ނިކުތް "ރަބްނޭ ބަނާދީ ޖޯޅީ" އާއި "ޖަބްތަކް ހޭ ޖާން" އަށް ފަހު އަނުޝްކާ އާއި ޝާހްރުކް އެކުގައި ކުޅެފައިވާ ތިންވަނަ ފިލްމެވެ.