ލީގް ކަޕްގައި މެންޗެސްޓާ ޔުނައިޓަޑާއި ލިވަޕޫލް ސެމީ ފައިނަލަށް ދަތުރު ކުރިއިރު ސައުތު ހެމްޓަން އަތުން 2-0 ގެ ނަތީޖާއަކުން ބަލިވެ އާސެނަލް މުބާރާތުން ކަޓައިފި އެވެ.
އާސެނަލް މުބާރާތުން ކެޓިއިރު ލީގް ކަޕްގެ ސެމީ ފައިނަލަށް ދިއުމަށް އާސެނަލް 30 އަހަރު ވަންދެން ކުރަމުން އުންމީދު މިފަހަރު ވެސް ނާކާމިޔަބު ވީއެވެ.
ސައުތު ހެމްޓަންގެ ލަނޑުތައް ކާމިޔާބު ކުރީ ޖޯޑީ ކްލޭސް އާއި ރަޔަން ބަޓްރޭންޑް އެވެ.
ލިވަޕޫލްވެސް ލީޑްސް ޔުނައިޓަޑާ ދެކޮޅަށް ކުޅުނު މެޗް ކާމިޔާބު ކުރީ 2-0 ނެވެ. އެ ޓީމުގެ ލަނޑުތައް ކާމިޔާބު ކުރީ ޑެވިކް އޮރީގީ އާއި އުމުރުން 17 އަހަރުގެ ފޯވަޑް ބެން ވުޑްބާން އެވެ.
ވެސްޓްހަމްއާ ދެކޮޅަށް މެން ޔުނައިޓަޑް ކުޅުނު މެޗް ކާމިޔަބު ކުރީ 4-1 ންނެވެ. އެ ޓީމުގެ ހަތަރު ލަނޑުގެ ތެރެއިން ޒަލްޓާން އިބްރޮހިމަވިޗާއި އެންތޮނީ މާޝިއަލް ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ކާމިޔާބުކޮށްފަ އެވެ. ވެސްޓްހަމްގެ ލަނޑު ކާމިޔާބު ކުރީ އެޝްލީ ފްލެޗާއެވެ.
ނިއުކާސަލް ޔުނައިޓަޑް ހަލް ސިޓީއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ.
ސެމީ ފައިނަލްގައި ޔުނައިޓާޑް ނިކުންނާނީ ހަލް ސިތީއާ ދެކޮޅާށެވެ. ލިވަޕޫލާއި ސައުތު ހެމްޓަންއެވެ. ސެމީ ފައިނަލް ފުރަތަމަ މެޗް އޮންނާނީ އަންނަ މަހު ނުވަ ވަނަ ދުވަހުއެވެ.