ބޮލީވުޑް

ރާޖް ކަޕޫރުގެ އިތުރު ކާފަ ކުއްޖަކު ބޮލީވުޑަށް ނިކުންނަނީ

Dec 2, 2016

ބޮލީވުޑްގެ ކުރީގެ މަޝްހޫރު ތަރިއެއް ކަމަށް ރާޖް ކަޕޫރުގެ އާއިލާގެ ގިނަ ބަޔަކު މިހާރު ބޮލީވުޑްގައި ހަރަކާތްތެރިވަމުން އަންނައިރު އޭނާ އިތުރު ކާފަ ދަރިފުޅަކު ބޮލީވުޑަށް ނިކުތުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

ރާޖް ކަޕޫރަށް ކާފަ ކިޔާ އާދަރް ޖައިން އިންޑިއާގެ އެންމެ ބޮޑު ފިލްމު އުފައްދާ ކުުންފުނި ކަމަށްވާ ޔާޝް ރާޖް ފިލްމްސްގެ ވެރިޔާ، އަދިތްޔަ ޗޯޕްޅާގެ ކުޑައިގެ ދަށުން ބޮލީވުޑަށް ނިކުންނާނެ ކަމަށް ބޮލީވުޑް ހަބަރުތައް ބުނެ އެވެ.

ބުނެވޭ ގޮތުގައި އާދަރް ބޮލީވުޑަށް ނެރެން އަދިތްޔަ ބޭނުންވަނީ 2012 ވަނަ އަަހަރު އަރްޖުން ކަޕޫރު ބޮލީވުޑަށް ނިކުތް "އިޝަކްޒާދޭ" ކަހަލަ ބޮޑު ލޯބީގެ ފިލްމަކުންނެވެ.

އާދަރް ބޮލީވުޑަށް ނިކުންނަން ތައްޔާރުވަމުން އަންނަކަން ޔަގީން ކޮށްދެމުން ޔާޝް ރާޖް ފިލްމްސްގެ ކާސްޓިން ޑައިރެކްޓާ ޝަނޫ ޝަރްމާ ބުނެފައިވަނީ އާދަރް އާއި އޭނާގެ ބޭބެ އަރްމާން އަކީ އޭނާގެ ލޯ ކުރިމަތީގައި ބޮޑުވި ދެކުދިން ކަމަށާއި އަދި އެއާއިލާ އަކީ ވެސް އަބަދުވެސް އެމީހުންނާ ގާތްގުޅުމެއް އޮންނަ ބައެއް ކަމަށް ބުނެފަ އެވެ.

ޝަނޫ އިތުރަށް ވަނީ އޭނާ އަށް "އިޝަކްޒާދޭ" ގެ ޑައިރެކްޓަރު ހަބީބް ފައިސަލްގެ ފިލްމަކުން ފުރުސަތު ލިބުނީ އޭނާ އަކީ ރާޖް ކަޕޫރަށް ކާފަ ކިޔާ ކުއްޖަކަށްވުމުން ނޫން ކަމަށާއި އޭނާގެ ކިބައިގައި އެކްޓިންގެ ހުނަރު ހުރުމުން ކަމަށެވެ.

އާދަރްގެ ދެބެއިންގެ ދެދަރި ދައްތަ ރިދިމާ ކަޕޫރު އިންސްޓަގްރާމަށް އާދަރްގެ ފޮޓޯއެއް ލަމުން ވަނީ ކުރިއަށް އޮތް ތަނުގެ ސުޕަސްޓާ އަތުވެއްޖެ ކަމަށް ލިޔެފަ އެވެ. ރިދިމާގެ ކޮމެންޓުން އެކަނި ވެސް އާދަރް ބޮލީވުޑަށް ނިކުންނަށް އުޅޭކަން މިވަނީ ޔަގީންވެފަ އެވެ.

ރިދިމާ އަކީ މަޝްހޫރު އެކްޓަރު ރަންބީރު ކަޕޫރުގެ ދައްތަ އެވެ. އަދި މަޝްހޫރު ދެ ބަތަލާއިން ކަމަށްވާ ކަރިޝްމާ ކަޕޫރާއި ކަރީނާ ކަޕޫރަކީ އާރަމްގެ ބޮޑުބޭބެ، ރަންދީރް ކަޕޫރުގެ ކުދިންނެވެ.

އާދަރްގެ ބޭބެ އަރްމާން ޖައިން ބޮލީވުޑަށް ނިކުމެފައިވަނީ 2014 ވަނަ އަހަރު ނިކުތް "ލޭކަރް ހަމް ދީވާނާ ދިލް" އިންނެވެ.