ސިއްހަތު

ބޮލުގައި ނުރަ ޖަހަނީތަ؟ މި އޮތީ ހައްލު!

ހައްލަކީ އުމަރެއް ނޫނެވެ. އެކަން ތިޔަ އެންމެހާ ކިޔުންތެރިންނަށް ވެސް މިހާރު އެނގިވަޑައިގަންނަވާނެ އެވެ. އެހެންވީމަ، ބޮލުގައި ނުރަ ޖަހައިގެން ޚަރަދު ބޮޑުވެފައި ތިއްބެވި ފަރާތްތަކަށް މި އޮތީ ވަރަށް ވެސް އުފާވެރި ޚަބަރެކެވެ. ހައްލަކީ، ތިޔަ ހުރިހާ ބޭފުޅުންގެ ވެސް ހިތްތައް ފަތަހަކޮށްފައިވާ ޗޮކްލެޓެވެ. އެހެންވީމަ، ޗޮކްލެޓަކުން ތިޔަ ނުތަނަވަސްކަން ދުރުކޮށްލާށެވެ.

އާންމުކޮށް އިސްތަށިގަނޑުގެ ކުލަ ވެއްޓި ހަލާކުވެގެން ދަނީ އޭގެ ޕިގްމެންޓޭޝަން ގެއްލުމުންނެވެ. މިއީ އުމުރާއި ޖެނެޓިކަށް އަންނަ ބަދަލުތަކުން ގިނަ ފަހަރު ނުކުންނަ ނަތީޖާ އެވެ. ނަމަވެސް އިސްތަށިގަނޑު ހަލާކުކޮށްލުމުގައި އަހަރެމެންގެ ޑައެޓް ވެސް މުހިންމު ރޯލެއް ކުޅެ އެވެ. އެކަމަކު ރަނގަޅަށް ނުކާ ނަމަ އެވެ.