ލައިފްސްޓައިލް

މަޑުން ތިބޭ ކުދިންނަށް ކިޔުންތެރިކަމުގައި ގޮންޖެހުން ބޮޑު

Dec 3, 2016

ހިނގައިބިނގައި ހަރަކާތްތެރިވުމުގައި ހަލުވި އަދި ސަކަރާތާއި މަޖަލުގައި ވަގުތު ހޭދަކޮށް އިޖުތިމާއީ ވަށް ބުރުގައި ގިނަ ވަގުތު ހޭދަކުރާ ކުދިން ބަސްތައް ދަސްކޮށް ވާހަކަ ދެއްކުމުގަ އާއި ކިޔުންތެރިކަމުގައި ފަސޭހައިން ކުރި ހޯދާ ކަމަށް އާ ދިރާސާއަކުން ދައްކައިފި އެވެ.

މިދިޔަ މަހުގެ 30 ވަނަ ދުވަހު ޖާނަލް އޮފް މެޑިސިން އެންޑް ސްޕޯޓްގައި ޝާއިއުކޮށްފައިވާ ފިންލޭންޑް ތަޖުރިބާކާރުންތަކެއްގެ މި ދިރާސާގައި ބުނެފައި ވަނީ އިޖުތިމާއީ ހަރަކާތުގައި ހެލިފެލިވެ އުޅޭ މިންވަރު މަދު ކުދިންނަކީ ކިޔުންތެރިކަމުގައި ލަސް ބައެއް ކަމަށާއި އަމިއްލަ އަށް ބަސްތައް ދަސްކޮށް ވާހަކަ ދެއްކުމުގައި އެފަދަ ކުދިންނަށް މައްސަލަތަކެއް ދިމާވާ ކަމަށެވެ. ޔުނިވާސިޓީ އޮފް އީސްޓާން ފިންލެންޑްގެ މި ދިރާސާގައި ހަ އަހަރާއި އަށް އަހަރާ ދެމެދުގެ 153 ކުއްޖަކު ބައިވެރިކޮށްފައިވެ އެވެ.

ހެލިފެލިވެ އިތުރު ހަރަކާތްތަކުގައި ގިނަ ވަގުތު ހޭދަކުރުމަކީ ކިޔުންތެރިކަމުގެ ހުނަރަށް ފަރިތަވުމުގެ އިތުރުން ހިސާބު އިލްމަށް ވެސް މޮޅުވާ ކަމެއް ކަމަށް ދިރާސާއިން އެނގިފައިވެ އެވެ. އަދި ވަކިން ހާއްސަކޮށް ފިރިހެން ކުދިންނަށް މީގެ ސަބަބުން ކުރާ ފައިސާ ބޮޑުކަން ވެސް ފާހަގަކޮށްފައިވެ އެވެ.