ބޮލީވުޑް

"2.0" ގެ ޝޫޓިންގައި ރަޖްނީކާންތަށް އަނިޔާވެއްޖެ

Dec 5, 2016

ދެކުނު އިންޑިއާގެ ސުޕަސްޓާ ރަޖްނީކާންތް މިހާރު ޝޫޓްކުރަމުން އަންނަ ތަމަޅަ ސައިންސް ފިކްޝަން ފިލްމު "2.0" ގެ ޝޫޓިންގެ ތެރޭގައި އޭނާ އަށް އަނިޔާވެއްޖެ އެވެ.

ފިލްމުގެ މަންޒަރުތަކެއް ނެގުމުގެ ތެރޭގައި ރަޖްނީކާންތް ވެއްޓި އަނިޔާވެފައިވަނީ އޭނާގެ ކަކުލަށެވެ. ފިލްމުގެ އުނދަގޫ މަންޒަރެއް ނެގުމުގެ ތެރޭގައި ވެއްޓި ކަކުލަށް އަނިޔާވުމުން ރަޖްނީކާންތް ޗެޓިއްނާޑް ހޮސްޕިޓަލަށް ވަގުތުން ގެންގޮސް ވަނީ ގާތްގަނޑަކަށް ބައިގަޑިއެއްހާއިރު ވަންދެން ފަރުވާދީފަ އެވެ.

މިހާދިސާ ހިނގިފަހުން ރަޖްނީކާންތްގެ މެނޭޖަރު ޓްވީޓްކޮށްފައިވާ ވީޑިއޯއެއްގައި އޭނާ ހިނގާފައި ކާރަށް އަރާ މަންޒަރު ފެނިގެންދާއިރު އެއްވެ ތިބޭ ސަޕޯޓަރުންނަށް ސަލާމް ކުރާތަން ފެނިގެންދެ އެވެ.

ޝަންކަރް ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ނުބައިބައި ރޯލަކުން ބޮލީވުޑް ތަރި އަކްޝޭ ކުމާރު ވެސް ފެނިގެންދާނެ އެވެ. ހިންދީ ބަހުން 2010 ވަނަ އަހަރު ނެރުނު ފިލްމު "ރޮބޮޓް" ގެ ދެވަނަ ބައިގެ ގޮތުގައި ނެރޭ "2.0" އަކީ މިހާތަނަށް އިންޑިއާގައި އުފެއްދި އެންމެ އަގުބޮޑު ފިލްމެވެ. މިފިލްމު އުފައްދާފައިވަނީ 350 ކްރޯޑުގެ ބޮޑު ބަޖެޓަކުންނެވެ.

އުމުުރުން 65 އަހަރުގެ ރަޖްނީކާންތް އަކީ ތަމަޅަ ގިނަ އެކްޝަން ފިލްމުތައް ކުޅެގެން ބެލުންތެރިންގެ މެދުގައި މަގުބޫލުވެގެން ގޮސްފައިވާ ތަރި އެކެވެ.

"2.0" ގެ ބަތަލާގެ ރޯލުން ފެނިގެންދަނީ ޒުވާން ބަތަލާ އަކީ އެމީ ޖެކްސަން އެވެ.