ފިނިޕޭޖް

ސްޓާ ސްކްރީން އެވޯޑްސްގެ ރަން ވަނަ އަމީތާބް އާއި އާލިއާ އަށް

Dec 5, 2016

ސްޓާ ސްކްރީން އެވޯޑްސްގެ 23 ވަނަ އެވޯޑް ހަފްލާ ރޭ މުމްބާއިގައި ވަނީ ބާއްވާފަ އެވެ.

ސުޕަސްޓާ ޝާހްރުކް ޚާން އާއި ސަލްމާން ޚާން ހުށަހަޅައިދިން މި އެވޯޑް ހަފްލާގައި ބޮލީވުޑްގެ ނަން މަޝްހޫރު ގިނަ ފަރާތްތަކަކުން ބައިވެރިވެފައިވާއިރު، މި އެވޯޑްގެ އެންމެ ހާއްސަ ދެ އެވޯޑް ކަމަށްވާ އެންމެ މޮޅު އެކްޓަރާއި އެކްޓްރެސްގެ އެވޯޑް ލިބިގެންގޮސްފައިވަނީ ފިލްމު "ޕިންކް" އިން އަމީތާބް ބައްޗަން އަށާއި "އުޅްތާ ޕަންޖާބު" އިން އާލިއާ ބަޓް އަށެވެ.

އެކި ކެޓަގަރީތަކުން 26 އެވޯޑް ދިން މި އެވޯޑް ހަފްލާގެ އެންމެ ގިނަ އެވޯޑް ލިބިގެން ގޮސްފައިވަނީ ވަރުގަދަ އިޖްތިމާއީ މެސެޖަކާ އެކު ރޭޕް ކަލްޗާއާ ދެކޮޅަށް އުފެއްދި ޑައިރެކްޓަރު އަނިރުއްދާ ރޯއި ޗައުދަރީގެ "ޕިންކް" އަށެވެ. އަމީތާބް ލޯޔަރެއްގެ ރޯލު ކުޅެފައިވާ މި ފިލްމަށް ވަނީ ޖުމްލަ ހަތަރު އެވޯޑެއް ލިބިގެންގޮސްފަ އެވެ. އެއީ އެންމެ މޮޅު ފިލްމުގެ އެވޯޑާއި އެންމެ މޮޅު އެކްޓަރުގެ އެވޯޑާއި އެންމެ މޮޅަށް އެޑިޓްކޮށްފައިވާ ފިލްމުގެ އެވޯޑާއި އެންމެ މޮޅު ޑައިލޮގް ހިމެނޭ ފިލްމުގެ އެވޯޑެވެ.

އެއަށްފަހު އެންމެ މޮޅު ބަތަލާގެ އެވޯޑް "އުޅްތާ ޕަންޖާބު" ގައި ތަފާތު މޮޅު އެކްޓިން އެއް ދައްކުވައިގެން ލިބިފައިވަނީ ބަތަލާ އަލިއާ އަށެވެ. މި އެވޯޑްގެ އިތުރުން ވެސް އާލިއާ އަށް ވަނީ އެވޯޑް ޝޯ ބާއްވާ ސްޓާ ޕްލަސް ކީ ނެއީ ސޯޗް އެވޯޑް ވެސް ލިބިފަ އެވެ.

ފިލްމީ ދާއިރާއަށް ގިނަ ދުވަހު އަގުހުރި ހިދުމަތްކޮށްގެން ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ރޭކާ އަށް ލިބިފައިވާއިރު، އޭނާ އަށް މިއެވޯޑް ހަފްލާގައި ތައްޔާރުކުރި ޓްރިބިއުޓް ހުށަހަޅައިދީފައިވަނީ ސޯނަމް ކަޕޫރެވެ.

ޒުވާން ދެ އެކްޓަރުން ކަމަށްވާ ޓައިގާ ޝްރޮފް އާއި ދިޝާ ޕަޓާނީގެ ހިތްގައިމު ޑާންސް އައިޓަމްތަކާއެކު ކުރިއަށް ގެންދިޔަ މި އެވޯޑް ހަފްލާގައި ކްރިޓިކްސްއިން ހޮވާ އެންމެ މޮޅު އެކްޓަރާއި އެކްޓްރެސްގެ އެވޯޑް ލިބިފައިވަނީ "އެމް.އެސް ދޯނީ" އިން ސުޝާންތް ސިންގް ރާޖްޕުތް އަށާއި "ނިލް ބައްޓޭ ސަންނާޓާ" ކުޅެގެން ސްވަރާ ބާސްކަރަށެވެ.

މީގެއިތުރުން މުޅިން އަލަށް ބޮލީވުޑަށް ތައާރަފުވި ތަރިންގެ ތެރެއިން އެންމެ މޮޅު ފިރިހެން އެކްޓަރަކަށް ދެތަރިން ވަނީ ހޮވިފަ އެވެ. އެއީ "ނީރްޖާ" އިން ބޮލީވުޑަށް ތައާރަފުވި ޖިމް ސަރްބް "މިރްޒިޔާ" އިން ބޮލީވުޑަށް ނިކުތް މަޝްހޫރު އެކްޓަރު އަނިލް ކަޕޫރުގެ ފިރިހެން ދަރިފުޅު ހަރްޝަވަރްދަން ކަޕޫރެވެ.

ސްޓާ ސްކްރީން އެވޯޑް ލިބުނު ފިލްމުތަކާއި ތަރިން:

1. ބެސްޓް ފިލްމު: ޕިންކް
2. ބެސްޓް އެކްޓާ: އަމީތާބް ބައްޗަން - ޕިންކް
3. ބެސްޓް އެކްޓްރެސް: އާލިއާ ބަޓް - އުޅްތާ ޕަންޖާބު
4. ބެސްޓް ޑައިރެކްޓާ: އާމް މަދްވާނީ - ނީރްޖާ
5. ކްރިޓިކްސް ޗޮއިސް ފޯ ބެސްޓް އެކްޓާ: ސުޝާންތް ސިންޖް ރާޖްޕުތް - އެމް އެސް ދޯނީ
6. ކްރިޓިކްސް ޗޮއިސް ފޯ ބެސްޓް އެކްޓްރެސް: ސްވަރާ ބާސްކަރް - ނިލް ބައްޓޭ ސަންނާޓާ
7. މޮސްޓް ޕްރޮމިސިން ޑެބިއު ޑިރެކްޓާ: ތިނޫ ސުރޭޝް ދޭސާއީ - ރުސްތޮމް
8. ބެސްޓް އެކްޓާ އިން އަ ކޮމިކް ރޯލް: ވަރުން ދަވަން - ޑިޝޫމް
9. ބެސްޓް ޗައިލްޑް އާޓިސްޓް: ރިއާ ޝުކްލާ - ނިލް ބައްޓޭ ސަންނާޓާ
10. ބެސްޓް ނިއުކަމާ މޭލް: ޖިމް ސަރްބް - ނީރްޖާ އާއި ހަރްޝަވަރްދަން ކަޕޫރު - މިރްޒިޔާ
11. ބެސްޓް ނިއުކަމާ ފީމޭލް: ދިޝާ ޕަޓާނީ - އެމް.އެސް ދޯނީ
12. ބެސްޓް ސަޕޯޓިން އެކްޓާ: ރިޝީ ކަޕޫރު - ކަޕޫރް އެންޑް ސަންސް
13. ބެސްޓް ސަޕޯޓިން އެކްޓްރެސް: ޝަބާނާ އާޒްމީ - ނީރްޖާ
14. ބެސްޓް ލިރިސިސްޓް: އަމީތާބް ބަޓާޗަރިޔާ - އެއި ދިލްހޭ މުޝްކިލް
15. ބެސްޓް މިއުޒިކް: ޕްރީތަމް ޗަކްރަބޯޓީ - އެއި ދިލްހެ މުޝްކިލް
16. ބެސްޓް ޕްލޭބެކް ސިންގާ މޭލް: އަމިތް މިޝްރާ - ބުލެޔާ، އެއި ދިލްހޭ މުޝްކިލް
17. ބެސްޓް ޕްލޭބެކް ސިންގާ ފީމޭލް: ޕަލަކް މުއްޗަލް - ކޯން ތުޖޭ، އެމް.އެސް ދޯނީ
18. ބެސްޓް ކޮރިއޮގްރާފާ: ބޮސްކޯ ސީޒާ - ކާލާ ޗަޝްމާ، ބާރް ބާރް ދޭކޯ
19. ބެސްޓް އެޑިޓިން: އަދިތްޔަ ބެނެރްޖީ - ޕިންކް
20. ބެސްޓް ސިނެމޮޓޯގްރަފާ: އަނޭ ގޮސްވާމީ - ފިތޫރް
21. ބެސްޓް އެކްޝަން: ޖެއި ސިންގް ނިއްޖާރް - ޝިވާއޭ
22. ބެސްޓް ސްޓޯރީ ސްކްރީންޕްލޭ: ސައިވީން ގުއަދްރާސް - ނީރްޖާ
23. ބެސްޓް ޑައިލޮގް: ރިތޭޝް ޝާހް - ޕިންކް
24. ސްޓާ ޕްލަސް ކީ ނެއީ ސޯޗް އެވޯޑް: އާލިއާ ބަޓް
25. ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް: ރޭކާ
26. ބެސްޓް ސްޓައިލް އައިކޮން: ދީޕިކާ ޕަދުކޯން