އަލިފާން

ސްކޫޕްގައި އަލިފާން ރޯވެ ގެއްލުންވެއްޖެ

ޗާންދަނީ މަގުގައި ހުންނަ ސްކޫޕް ރެސްޓޯރެންޓުގައި އަލިފާން ރޯވެ ގެއްލުންތައް ވެއްޖެ އެވެ. ސްކޫޕްގައި އަލިފާނުގައި ރޯވެފައިވާ ވަނީ މިއަދު ހެނދުނު 11:40 ހާއިރު އެވެ. ސްކޫޕްގައި ރޯވި އަލިފާން ފުދޭވަރަކަށް ގަދަޔަށް ރޯވެ މިއަދު އެނދި އެވެ.

އެމްއެންޑީއެފް އިން ބުނީ ސްކޫޕްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުމާއެކު އެފްއާރުއެސްގެ ފަޔާމަނުން އެސަރަހައްދަށް ގޮސް އަލިފާންގަނޑު ފުލުހުންނާއި އެސަރަހައްދުގައި ތިބި އާންމުންގެ އެހީތެރިކަމާއެކު ނިއްވާލާފައިވާ ކަމަށެވެ. އަދި އަލިފާން ރޯވެފައިވަނީ ސްކޫޕް ރެސްޓޯރެންޓުގެ ބަދިގެ ހުންނަ ބައިގަ ކަމަށާއި އެ ބައިގެ ސީލިންގުގައި ރޯވެފައިވާއިރު ބަދިގޭގައި ބޭނުންކުރާ ބައެއް ސާމަނުގައިވެސް އަލިފާން ރޯވެ އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ. ނަމަވެސް އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އަލިފާންގަނޑު ނިއްވާލިއިރު އެ ސަރަހައްދުގައި ހުރި އަވަސްގެ ނޫސްވެރިޔާ ބުނީ ސްކޫޕްގެ ބަދިގެއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެެވެ. އެގޮތުން ބަދިގޭގައި ހުރި ހުރިހާ ސާމާނެއް ބޭނުންނުކުރެވޭ ވަރަށް އަނގާފައިވާ ކަމަށެވެ. އަދި ސްކޫޕްގެ ސީލިންގުން ބައެއް ވެއްޓިފައިވާ ކަމަށެވެ. އަދި ރެސްޓޯރެންޓްގެ ފާރުތަކަށް ދުމުގެ އަސަރުކޮށްފައިވާ ކަމަށްވެސް ބުންޏެވެ.