ހުޅުމާލެ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުރި އެމްޕީއެލް ފްލެޓްތައް ކައިރީގައި އަލިފާނުގެ ހާދިސާއެއް

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅޭ ސަރަހައްދެއްގައި ހުރި ކުނިތަކެއްގައި ރޯކޮށްލައިފި އެވެ.

އެ ސަރަހައްދުގައި ދިރިއުޅޭ ބައެއް އާންމުން އަވަސްއަށް މައުލޫމާތު ދިން ގޮތުގައި ކުނިތައް ހުރި ތަނުގައި ބަޔަކު ރޯކޮށްލީ ކަމަށް ބެލެވޭ ކަމަށެވެ.

މިއަދު ފަތިހް 5:15 ހާއިރު އަލިފާން ރޯކޮށްލާފައިވަނީ ދެވަނަ ފިޔަވަހީގައި އެމްޕީއެލް އިން ހަދާފައި ހުންނަ ފްލެޓްތައް ކައިރީގައި ޖަމާކޮށްފައިވާ ކުނި ތަކެއްގައެވެ.

މިތަނުގައި ވަރަށް ގަދައަށް އަލިފާން ރޯވި ނަމަވެސް ސިފައިންނާއި އާންމުންގެ މަސައްކަތުން ރޯވި އަލިފާންގަނޑު ވަނީ ކޮންޓްރޯލް ކޮށްފަ އެވެ. ނަމަވެސް މިވަގުތުވެސް އެ ސަރަހައްދުގައި ގަދައަށް ދުމުގެ އަސަރު އެބަހުއްޓެވެ.

އަލިފާނުގެ މިހާދިސާއާއި ގުޅޭ ގޮތުން ކަމާ ގުޅޭ އިދާރާތަކުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.