ލައިފްސްޓައިލް

އަލުވީގެ ތޮށިން ވާ ފައިދާ އެނގޭތަ؟

Dec 7, 2016
1

ކެއުމުގައި އެކި ބޭނުންތަކަށް އަލުވި ބޭނުންކުރާއިރު، އަބަދުވެސް ތޮށިގަނޑު މަށާލާފައި އެއްލާލަނީ އެވެ. ނަމަވެސް އެއްލާލަނީ ކިހާ މުހިންމު ވިޓަމިންސް ތަކެއް ހިމެނޭ އެއްޗެއްކަން އެނގޭ ހެއްޔެވެ؟ އަލުވީގެ އެތެރެބައިން ލިބޭ ފައިދާއަށް ވުރެ ބޮޑަށް އޭގެ ތޮށިން ލިބޭ ފައިދާ ބޮޑުކަން އެނގޭ ހެއްޔެވެ؟ ހަމަގައިމުވެސް އެކަން އެނގޭނަމަ އެންމެ ތޮށިކޮޅެއް ވެސް ކުނިވަށިގަނޑަށް އެއްލައިނުލާނެ އެވެ.

ހަށިގަނޑަށް އެތަށް ނިއުޓްރިއަންޓްސް

ޕޮޓޭސިއަމް، އަޔަން، ވިޓަބިން3، މިހެން ގޮސް އެތައް ނިއުޓްރިއަންޓްސް އެއް އަލުވީގެ ތޮށީގައި ހިމެނެ އެވެ. އަލުވީގެ ތޮށީގައި ހިމެނޭ ޕޮޓޭސިއަމް، އެހެން ގޮތަކަށް ބުނާނަމަ ސްޕެޝަލް "ކޭ" ސަބަބުން މީހާގެ މެޓަބޮލިޒަމް އިތުރު ކޮށްދީ ނާރުތަކާއި މަސްތަކުގެ މަސައްކަތް ރަނގަޅު ކޮށްދެ އެވެ. އަދި އަޔަންގެ ސަބަބުން ރެޑް ބްލަޑް ސެލް އުފެއްދުން އިތުރުކޮށްދެ އެވެ. މިއީ ލޭގެ މައްސަލަ ދިމާވުމުން ދުރުކޮށްދޭ ކަމެކެވެ. އަދި ވިޓަމިން3 ގެ ސަބަބުން ހަށިގަނޑުގައި ހިމެނޭ ސެލްތަކުގެ މަސައްކަތް ރަނގަޅުކޮށްދެ އެވެ. މިއީ އުފާވެރިކަންމަތީ މީހާ ދެމިހުރުމަށާއި ފުރިހަމަ ސިއްހަތެއްގައި ހުރުމަށް ހަމަގައިމުވެސް މުހިންމު ނިއުޓްރިއަންޓްސް ތަކެވެ.

ފައިބާ

އަލުވީގެ ތޮށީގައި ގިނަ އަދަދަކަށް ފައިބާ ހިމެނެ އެވެ. މިއީ ގޮހޮރުގެ މަސައްކަތައް އެންމެ މުހިންމު އެއް ނިއުޓްރިއަންޓްވެ. މީގެ އިތުރުން ވެސް ލޭ ގައި ހިމެނޭ ކޮލެސްޓްރޯލް ކޮންޓްރޯލްކޮށް ދަށްކޮދެ އެވެ. މިއީ ހިތުގެ މައްސަލަތައް ޖެހުމާއި ސްޓްރޯކުން ދުރުކޮށްދޭ ކަންކަމެވެ.

ހަމަށް

އަލުވީ ތޮށްޓަކީ ޒުވާން ރީތިހަމަކަށް ވަރަށް މުހިންމު އެއްޗެކެވެ. އެގޮތުން ހަން އުޖާލާކޮށް އަލިކޮށް ދިނުމުގެ އިތުރުން، ލަކުނު ފިލުވާލަދީ ރޫޖެހުމުން ދުރުކޮށްދެ އެވެ. މިގޮތުން މޫނުމަތީގެ ހަން އުޖާލާކުރުމަށް އަލުވީގެ ތޮށި ރަނގަޅަށް ބްލެންޑް ކޮށްލުމަށްފަހު އޭގެން ތެޔޮ ނިކުންނަން ދެން ފެލާލާށެވެ. އަދި އެ ތެލުން މޫނު މަތި މަސާޖުކޮށްލާށެވެ. އަދި ތެޔޮތައް ރީތިކޮށް ހިކެންދެން ގަޑިއެއްގެ އިރުވަންދެން މަޑުކޮށްލާށެވެ. މިގޮތަށް ކޮންމެ ހަފްތާއަކު ދެ ފަހަރު އަލުވީގެ ތޮށިން ހަދާ ތެލުން މޫނު މަސާޖު ކުރެވިދާނެ އެވެ.