ލައިފްސްޓައިލް

މޮޑެލް އޮފް ދަ އިޔާގެ އެވޯޑް ޖީޖީ ހަޑީޑަށް

Dec 7, 2016
1

މި އަހަރުގެ ބްރިޓިޝް ފެޝަން އެވޯޑްސް ލަންޑަންގެ ރޯޔަލް އަލްބަޓް ހޯލްގައި އިއްޔެ ނިމިގެންދިޔައިރު އެންމެ ޝަރަފްވެރި އެވޯޑް ގެންދިޔައީ ޒުވާން ސުޕަމޮޑެލް ޖީޖީ ހަޑީޑެވެ. އިންޓަނޭޝަނަލް މޮޑެލް އޮފް ދަ އިޔާގެ އެވޯޑް އޭނާ ގެންދިޔައީ ކޮއްކޮ، ބެލާ އާއި ވާދަވެރި އަދި އެވަރަށް މަޝްހޫރު ކެންޑަލް ޖެނާގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ދުނިޔޭގެ ނަން މަޝްހޫރު ސުޕަ މޮޑެލުންނާއި ސެލެބްރިޓީން އަދި ފެޝަން ޑިޒައިނަރުން ބައިވެރިވި މި ހަފުލާގައި އިނގިރޭސިވިލާތުގެ އެންމެ މަޝްހޫރު ފެޝަން ބްރޭންޑަކަށް ހޮވުނީ އެލެކްޒެންޑްރާ މެކްކްއީން އެވެ. އިންޓަނޭޝަނަލް ބިޒްނަސް ލީޑާ އަދި އިންޓަނޭޝަނަލް އެކްސެސަރީސް ޑިޒައިނަރުގެ ޝަރަފް ލިބުނީ ގޫޗީ ބްރޭންޑަށެވެ.

މޮޑެލް އޮފް ދަ އިޔާގެ ޝަރަފް ގެންދިޔަ 21 އަހަރުގެ ޖީޖީ އަކީ ފެޝަންގެ މިއަދުގެ ދުނިޔޭގައި އެންމެ މަޝްހޫރު އަދި އެންމެ މަގްބޫލު ނަމެވެ. ފެޝަންގެ ދުނިޔޭގައި އޭނާ އަށް ލިބޭވަރުގެ ސަމާލުކަމެއް، ޒާތީ ދިރިއުޅުމަށް ވެސް ލިބެ އެވެ. އެގޮތުން އިނގިރޭސިވިލާތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޒޭން މަލިކްގެ ލޯބިވެރިއެއްގެ ގޮތުގައި އޭނާއަށް ލިބޭ ސަމާލުކަން ވެސް ވަކި ކުޑައެއް ނޫނެވެ.