ފިނިޕޭޖް

އެހާ ލޯބިން ފިލްމަށް ކިޔައިގެން އުޅުނު ނަން ނަހުލާގެ އަތުން "ފޭރިގެންފި"

ފޯފޯޓޫސިކްސް އާ އެކު ޕްރޮޑިއުސަރު ފާތުމަތު ނަހުލާ "ފޮލޯ" ކުރާ މީހުން އަނެއްކާވެސް މިވަނީ އެތައް ގުނައަކަށް އިތުުރުވެފަ އެވެ. ނަހުލާގެ ސްޓޭޓަސްތައް ގަވާއިދުން ބަލާ މީހުންގެ އަދަދު ނުލާހިކު ގިނަ އެވެ. އެކަމަކު އެ އޯޑިއަންސް މިހާރުވަނީ ސުުވާލުތަކެއްގެ ތެރޭގައި ބަނދެވިފަ އެވެ.

މީގެކުރިން ނަހުލާ ޖަހާފައި ނުހުންނަ ކަހަލަ އެތައް ސްޓޭޓަސްތަކެއް ފެންނަމުންދާތީ އެވެ. އޭގެ ފަހުތުގައިވާ ސިއްރެއް ދެނެގަންނަން ބޭނުންވެފަ އެވެ. އެނގޭހާވެސް އެއްޗަކީ ނަހުލާގެ އަގުބޮޑު އައި މުހިންމު އެއްޗެއް ވަގަށް ނަގައިފި ކަމެވެ. އެ ސިއްރު މިއޮތީ އެވެ.

ބިރުވެރިކަމުން ފުރިގެންވީ 4426 އަށްފަހު "ބީ" ގެ ނަމުގައި ނަހުލާ ހަދަން ނިންމާފައިވާ ލޯބީގެ އަސަރުގަދަ ފިލްމް ބަޔަކު "ވަގަށް ނެގީ" އެވެ.

ނަހުލާ ބުނީ އަންނަ އަހަރު ބެލުންތެރިންނާ ހަމައަށް ގެނައުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެ ބީގެ ނަމުގައި އެހެން ފިލްމެއް ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ. އަދި އެނަން އަނބުރާ ހޯދާނެ ކަމަށް ނަހުލާ ބުންޏެވެ.

"ބީ ހެދުމުގެ މަސައްކަތް ފަށާ އެކަން އިއުލާނުކޮށް އޭގެ ލަވަތައްވެސް ހަދާފައި ހުއްޓަ އެހެން ބަޔަކު އެ ނަން ރަޖިސްޓްރީ ކުރީ. އަޅުގަނޑު ބުނަން އޮތް އެއްޗަކީ އެ ފިލްމު މިހާރު ވަރަށް މުހިންމު ވެއްޖޭ އެ ނަން މީހުން ވަގަށް ނަގާހާ" ނަހުލާ ބުންޏެވެ.

ނަހުލާ ބުނަނީ މިއީ މިހާތަނަށް ދިވެހި ސިނަމާ އަށް އަންނަ އެންމެ ރޮމޭންޓިކް ނުވަތަ އެންމެ އަސަރުގަދަ ލޯބީގެ ފިލްމަށް ވެގެންދާނެ ކަމަށެވެ. ބޮލީވުޑްގެ މަޝްހޫރު ފިލްމެއް ކަމުގައިވާ "ގަޔާމަތުސޭ ގަޔާމަތްތަކު" ހާ މި ފިލްމު އަސަަރު ގަދަވާނެ ކަމަށްވެ އެވެ. ފިލްމުގެ ޓެގްލައިނަކީ "އަ ރިލޭޝަންޝިޕް މޭޑް އިން ހެވަން" އެވެ.

ފިލްމުގެ ލީޑް ރޯލަށް ހަމަޖައްސާފައިވަނީ މުހައްމަދު ޖުމައްޔިލް އާއި މަރިޔަމް އައްޒަ އެވެ.