ލައިފްސްޓައިލް

ރާނީގެ 90 ވަނަ އުފަންދުވަހުގެ ފޮޓޯގަނޑު ވަރަށް ހިތްގައިމު

Dec 18, 2016

އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބަތު ދެ ވަނަ އަށް 90 އަހަރު ފުރުން ފާހަގަކުރުމާއި އަހަރު ނިންމާލުމަށް ނެންގެވި ރަސްމީ ފޮޓޯ އާންމުކުރައްވާފައިވާއިރު މި ފޮޓޯ އާއި އޭގައި ރާނީ ފެނިވަޑައިގަންނަވާ ގޮތަށް ތައުރީފު އޮހެން ފަށައިފި އެވެ.

ރާނީ އަށް 90 އަހަރު ފުރުނީ މި އަހަރުގެ އެޕްރީލް މަހުގެ 21 ވަނަ ދުވަހު އެވެ. ރަސްމީކޮށް އުފަން ދުވަސް ފާހަގަކުރައްވާފައި ވަނީ 10،000 މެހްމާނުންނާ އެކު ލަންޑަނުގައި އަހަރުގެ ޖޫން މަހު އެވެ. އާންމުކޮށްފައި މި ފޮޓޯގަނޑު ނަގާފައި ވަނީ އުފަން ދުވަހުގެ ރަސްމީ ހަރަކާތްތަކުގެ ތެރެއިން މެއި މަހު އެވެ.

މި ފޮޓޯގައި ރާނީ ސީދާ ކެމެރާ އަށް ހުއްޓިވަޑައިގެން އިންނަވާ މަންޒަރު ފެންނައިރު ގާތުގައި ދަރިފުޅު، ޕްރިންސް ޗާލްސް ރާނީ އަށް ބައްލައިގެން ހިނިފުޅުވަޑުވައިގެން ކޮޅަށް ހުންނަވަ އެވެ. ރާނީ އާއި ޗާލްސްގެ މި ފޮޓޯގަނޑު ނަގާފައި ވަނީ މަޝްހޫރު ފެޝަން ފޮޓޯގްރާފަރެއް ކަމުގައިވާ ނިކް ނައިޓް އެވެ.

އޭނާ ބުނެފައި ވަނީ މި ފޮޓޯގަނޑު ނެގުމުގައި މަސައްކަތްކޮށްފައި ވާނީ ޒަމާނާ އެއްވަރަކަށް އިންސާނީ ފުރިހަމަ އިހްސާސް ވެސް އޭގައި ގެނެސްދިނުމަށް ކަމަށެވެ. މި ފޮޓޯގަނޑު ނަގާފައި ވަނީ ގަނޑުވަރުގެ ވިންޑްސޯ ކާސަލް ވައިޓް ޑްރޯވިން ރޫމްގަ އެވެ.

އެލިޒަބަތު ދެ ވަނަ އަކީ 90 އަހަރުގައި، އިނގިރޭސި ތަހުތު ދުށް އެންމެ އުމުރު ދިގު ރަނިކަނބަލެވެ.