ހަބަރު

އުމުރާއަށް ގެންދިޔުމުގެ ހުއްދަ ފަސް ކުންފުންޏަކަށް ދީފި

މި އަހަރު މީހުން އުމުރާއަށް ގެންދިޔުމުގެ ހުއްދަ ފަސް ކުންފުންޏަކަށް ދޭން އިސްލާމިކް މިނިސްޓްރީ އިން ނިންމައިފި އެވެ.

އެ ގްރޫޕްތަކަށް ދޫކޮށްފައިވާ ހުއްދަ ހަމަވާނީ ބޭންކް ގެރެންޓީ ދީފައިވާ މުއްދަތު ކަމަށްވާ، އަންނަ އަހަރުގެ ފެބުރުއަރީ 26 ވަނަ ދުވަހު ކަމަށެވެ. އަދި ހުއްދައިގެ މުއްދަތު އިތުރު ކުރަން ބޭނުން ނަމަ، އެކަމަށް ހުށަޙަޅައި އިތުރު ބޭންކް ގެރެންޓީއަކާ އެކު ހުއްދަ ދޫކުރެވޭނެ ކަމަށް ވެސް މިނިސްޓްރީ އިން ބުންޏެވެ.

ހައްޖާއި އުމުރާއަށް މީހުން ގެންދިޔުމަށް އަލަށް އެކުލަވާލި ގަވާއިދުގެ ދަށުން ހުއްދަ ދޫކުރާ ކުންފުނިތަކުން ފަސް ދުވަހުގެ ތެރޭގައި އެ ކުންފުނިން މީހުން ގެންދާ އަދަދު މިނިސްޓްރީއަށް ލިޔުމަކުން އަންގަން ޖެހެ އެވެ. އަދި މީހުންގެ އަތުން ފައިސާ ނެގުމުގެ ކުރިން އެކަމަށް ނަގާ ފައިސާގެ އަަދަދު ވެސް ތިން މަސް ކުރިން މިނިސްޓްރީއަށް އަންގަން ޖެހެ އެވެ. އަދި ރުފިޔާ ފިޔަވައި އެހެން ފައިސާއެއް މީހުންގެ އަތުން ނުނެގޭނެ ކަމަށް ވެސް މިނިސްޓްރީން ނިންމާފައިވެ އެވެ.