ބޭރު ކުޅިވަރު

ރާމޯސްއަށް ދެވަނަ ކާޑެއް ނުދެއްކި ސަބަބު ރެފްރީ ބުނެދީފި

Dec 20, 2016
1

ކުލަބު ވޯލްޑް ކަޕްގެ ފައިނަލް މެޗްގައި މިދިޔަ އާދިއްތަ ދުވަހު ޖަޕާނުގެ ކަޝިމާ އެންޓަލާސްއާ ދެކޮޅަށް ކުޅުނު ރެއާލް މެޑްރިޑްގެ ކެޕްޓަން ސާޖީއޯ ރާމޯސް އަށް ރީނދޫ ކާޑެއް ދައްކާފައި ވަނިކޮށް، އޭނާ ކުރި ފައުލާ ގުޅިގެން އޭނާ އަށް ދެވަނަ ކާޑެއް ދެއްކުމަށް މެޗްގެ ރެފްރީ ޒެމްބިއާގެ ޖެނީ ސިކަޒްވާގެ މަތީ ޖީބުން ރީނޑޫ ކާޑު ނެގިއެވެ. ނަމަވެސް ރެފްރީގެ ހިޔާލު ބަދަލުވެ ކާޑު އަލުން އަނބުރާ ޖީބަށްލި އެވެ.

ރާމޯސް އަކީ އާންމު ގޮތެއްގައި ކާޑާ ރަށްޓެހި ކުޅުންތެރިޔެކެވެ. ނަމަވެސް ރެފްރީގެ ހިޔާލު ބަދަލުވެ ދެވަނަ ކާޑާއެކު ރަތް ކާޑަކުން ރާމޯސް ސަލާމަތްވީ އެވެ.

ރެފްރީ ކާޑް ދައްކަން އިޝާރާތް ކޮށް ކާޑު ނުދެއްކުމުން ރެފްރީއަށް ކުރިމަތިވި ފާޑު ކިޔުންތަކުގެ އިތުރުން އޭނާ އާ މެދު "ނުބައި" ތުހުމަތުތު ވެސް ކުރި އެވެ. ސިކަޒްވާގެ ހިޔާލު ބަދަލު ކޮށްލީ ބަދަލު ރެފްރީއާ ގުޅާފައިވާ މުއާސަލަތުގެ ތެރެއިން ސިކަޒްވާގެ ހެޑްސެޓުން އެވަގުތު ރަނގަޅަށް އަޑު ސާފު ނުވުމުނެވެ.

އޮޅުނީ "ކާޑެއް" ނުވަތަ "ކާޑެއް ނޫން"

"އެއީ އަހަންނާއި އަހަރެންގެ އެސިސްޓޭންޓާ ދެމެދު ކުރި މުއާސަލާތުގެ ތެރެއިން އެރި އޮޅުމެއްގެ ތެރެއިން، ފައުލު ކުރުމުން އޭނާ ބުނި އެއީ ފައުލެކޭ އަދި ބުނި އެއީ ކާޑެއް ނޫނޭ. ނަމަވެސް އަހަންނަށް ހީވީ އެއީ ކާޑެކޭ ބުނިހެން، ކަޑު ނެގި ފަހުން އަހަންނަށް ސާފުވީ ބަދަލު ރެފްރީ ބުނީ ކާޑެއް ނޫނޭ ކަން، އެއީ ހަމަ އަހަންނަށް އޮޅުން ފިލުމުގައި ދިމާވި މައްސަލަ އެއް،" ސިކަޒްވާ ބުންޏެވެ.