ވިޔަފާރި

ޒުވާން ޑޮންނަރުންމާ މިލާނަށް ސްޕަ ކަޕް ހޯދައިދީފި

Dec 24, 2016

މެޗު 1-1 ން އެއްވަރުވެ ޕެނަލްޓީގައި ޔުވެންޓަސްގެ ޕައުލާ ޑީބާލާ ޖެހި ޕެނަލްޓީ ދިފާއު ކޮށް އޭސީ މިލާންގެ އުމުރުން 17 އަހަރުގެ ޖިއާންލުއީޖީ ޑޮންނަރުންމާ އެ ޓީމަށް އިޓާލިއަން ސްޕަކަޕްގެ ޗެމްޕިއަންކަން ހޯދައިދީފި އެވެ.

ގަތަރުގެ ވެރިރަށް ދޯހާގައި ކުޅުނު މެޗުގައި އެންމެ ފުރތަމަ ލީޑް ނެގީ ޔުވެންޓަންސް އެވެ. މިލާން އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޖާކޮމޯ ބޮނަވިންތޫރާ އެވެ.

ޕެނަލްޓީ ސޫޓްއައުޓްގައި ޑިބަލާ ޖެހި ޕެނަލްޓީ ޑޮންނަރުންމާ ދިފާއު ކުރިއރު، މިލާން މެޗުން މޮޅުވީ މާރިއޯ ޕާސާލިޗް ޖެހި ޕެނަލްޓީ ގައެވެ. މިއީ މިލާންގެ ކޯޗް ވިންސެންޓޯ މޮންޓޭލާ އެޓީމާ ހަވާލުވެ ހޯދައިދން ފުރަތަމަ ތައްޓެވެ.

މެޗުގެ ކުރީ ކޮޅުވެސް ޑޮނަރޫމާ ވަނީ ނުރައްކާތެރި ދެ ސޭވެއް ކޮށްފަ އެވެ. ސްޓެފެނޯ ސްޓްރާއޯއާ މަންޒޫކިޗް ފޮނުވާލި ނުރައްކާތެރި އެ ދެބޯޅަވެސް ޑޮންނަރުންމާ ވަނީ ސޭވް ކޮށްފައެވެ.

ޑޮންނަރުންމާ އަށް އޭސީ މިލާންގެ ފުރަތަމަ 11 އިން އެންމެ ފުރަތަމަ ޖާގަ ދިނީ މިދިޔަ ސީޒަންގައި ކުރީގެ ކޯޗް މިހަޖޮލަވިޗްއެވެ. އޭރު އޭނާގެ އުމުރުން 16 އަހަރެވެ.

"އަހަންނަކަށް ބުނެދޭކަށް ނޭންގެ އަހަންނަށް މިކުރެވޭ އުފާގެ އިހްސާސެއް އަދި އަހަންނަކަށް ނޭންގެ އަަހރެންގެ ބޯމައްޗަށް އުފުލޭނީ ކޮންކަހަލަ ކަމެއް ކަމަށްވެސް" އިޓަލީގެ ޕަބްލިކް ބްރޮޑްކާސްޓާ އާރްއޭއި އަށް ދިން އިންޓަވިއުގައި ޑޮންނަރުންމާ ބުންޏެވެ.