ރާއްޖެ ކުޅިވަރު

ކިރިގިސްތާން އަތުން ބަލިވެ ފައިނަލްގެ އުންމީދު ރާއްޖެއަށް ހަނިވެއްޖެ

Dec 24, 2016
1

ބަންގުލަދޭޝްގެ ޑާކާ ގައި މިހާރު ކުރިއަށްދާ އޭޝިއާ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރާއްޖެ ކުޅުނު ދެ ވަނަ މެޗުގައި ކިރިގިސްތާން އަތުން ބަލިވެ ރާއްޖެއަށް ފައިނަލްގެ އުންމީދު ހަނިވެއްޖެ އެވެ.

މިއަދު ކުޅުނު މެޗްގައި ރާއްޖެ ކިރިގިސްތާން އަތުން ބަލިވީ ސީދާ ތިން ސެޓުން ނެވެ.

ފުރަތަމަ ސެޓް ވަރަށް ވާދަވެރިކޮށް ދިޔައިރު ކިރިގިސްތާން ކާމިޔާބު ކުރީ 27-25 ން ނެވެ. ދެ ވަނަ ސެޓުން ރާއްޖެ ބަލިވީ 25-22 ން ނެވެ. ތިން ވަނަ ސެޓު ކިރިގިސްތާން ކާމިޔާބު ކުރީ 25-18 އިންނެވެ.

މުބާރާތް ކުރިއަށްދަނީ ލީގެއް ގޮތަށެވެ. ފައިނަލަށް ދާނީ އެންމެ ގިނަ ޕޮއިޓްހޯދާ ދެޓީމެވެ. ރަން މެޑަލަށް އަމާޒުކޮށްގެން ދިޔަ ރާއްޖޭގެ ޓީމު ކުޅުނު ދެ ވަނަ މެޗުންވެސް ބަލިވުމުން ރާއްޖެއަށް ވަނީ ފައިނަލަށް ދެވޭނެ ކަމުގެ އުންމިދު ހަނިވެފަ އެވެ.

މިއަދުގެ ދެ ވަނަ މެޗުގައި ކުޅޭނީ ނޭޕާލާއި އަފްގާނިސްތާންއެވެ.