ބޭރު ކުޅިވަރު

ކުޅުންތެރިން ޝައުގުވެރި ކުރުވަން ލިވަޕޫލުން ފައިސާ ބޭނުން ނުކުރާނެ!

Dec 25, 2016

ކުޅުންތެރިން ޝައުގުވެރި ކުރުވަން ލިވަޕޫލުން ފައިސާގެ ބޮޑެތި އަގުތައް ނުކިޔާނެ ކަމަށާއި ކުޅުންތެރިން ޝައުގުވެރި ކުރުވާނީ ހުނަރު އިތުރު ކުރުމުގެ ވާހަކަ ތަކުން ކަމަށް އެޓީމުގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

މިހާރު ކުރިއަށްދާ ޓްރާންސްފާ ބާޒާރުގައި ޗައިނާގެ ލީގަށް އަގު ބޮޑުކޮށް ކުޅުންތެރިން ގެންދާތީ އޭނާ ވަނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ.

"ރަނގަޅު ކުޅުންތެރިން ހޯދަން އުޅެނީ ހަމައެކަނި ޗައިނާއަކުން ނޫން ވަރަށް ގިނަ އެހެން ގައުމުތަކުގެ ކުލަބު ތަކުންވެސް މޮޅެތި ކުޅުންތެރިންނަށް ބަލާ. ޗައިނާގެ ކުލަބުތަކުގައި އެ ކުޅުންތެރިންނަށް ހުށަހަޅަން ފައިސާ އެބަ ހުރި، ނަމަވެސް އަހަންނަށް ބުނެވިދާނެ ކުޅުންތެރިން ގެނައުމުގައި އަހަރެމެން [ލިވަޕޫލް އިން] ކުޅުންތެރިންނަށް ފައިސާއިން ވިސްނައި ނުދޭނެކަން،"

"އަހަރެމެން ކުޅުންތެރިންނަށް ވިސްނައިދޭނީ އަހަރެމެންގެ އުސޫލުގެ މަތިން އަހަރެމެން ކުޅުންތެރިން ގެންނަން ބޭނުން ވަނީ [ލިވަޕޫލް ގައި] ކުޅުންތެރިންގެ ހުނަރު މަތިވާނެކަން އެކުޅުންތެރިންނަށް ވިސްނައިދިގެން މިއީ ޖެނުއަރީ ޓްރާންސްފާ ޕިރިއަޑަށް އެކަނި ބުނާ ވާހަކަ އެއް ނޫން މި މެސެޖަކީ ކުރިއަށް އޮތް އަހަރުތަކަށް ދޭ މެސެޖެއް،" ކޮލެޕް ބުންޏެވެ.

ކުރިއަށް އޮތް މަހަކީ ލިވަޕޫލްގެ އެޓޭކިން ޑިޕާޓްމެންޓަށް އުނދަގޫ ދުވަސް ކޮޅެކެވެ. އެއީ އަންނަ މަހު 14 ވަނަ ދުވަހު ފެށުމަށް ހަމަެޖހިފައިވާ އެފްރިކާ ބައްރުގެ ފުޓްބޯޅަ މުބާރާތް، އެފްރިކަން ކަޕް އޮފް ނޭޝަން ގައި ވާދަ ކުރާ ސެނެގޯލް ޓީމާ ގުޅުމަށްޓަކައި ފޯވަޑް ސެޑިއޯ މާނެ ދާން ޖެހޭތީ އެވެ. އަހަންނަ މަހު ގިނަ މެޗުތަކެއް ލިވަޕޫލް ކުޅެން ޖެހޭނީ މާނޭ ނުލައެވެ. މީގެ އިތުރުން ފިލިޕޭ ކްޓްނީއޯ އާއި ޑެނީ އިންގްސް އަނިޔާއެއްގައި އުޅުމަކީ ކުރިމަތިވާނެ އިތުރު ބޮލުގެ ރިހުމެކެވެ.

"ސޭޑިއޯ [މާނޭ] ނެތް ތަން ފޫބައްދާނެ އެހެން އޮޕްޝަންތައް އެބަހުރި އަހަރެމެންނަށް އަހަރެމެން މިކުޅޭ ސިސްޓަމް ބަދަލު ކޮށްލެވިދާނެ އަދިވެސް އިތުރުން އެހެން އޮޕްޝަންތައް އެބަހުރި،" ކޯޗް ބުންޏެވެ.