ވެމްކޯ

ކުނި އުކައިދޭން ވެމްކޯ މާލޭގެ ގޭގެއަށް ވަދެއްޖެ

Dec 25, 2016
1

މާލޭގެ ގޭގެއިން ކުނި އުކާލުމުގެ މަޝްރޫއު ވެމްކޯއިން ރަސްމީކޮށް ފަށާއި ފުރަތަމަ ބުރުގައި ގޭގެއިން މިއަދު ކުނި އުކާލައިދޭން ކުނި ނަގަން ފަށައިފި އެވެ. ގޭގެއިން ކުނި އުކާލައި ދޭން ފެށުުމުގެ ގޮތުން މިއަދު ކުނި ކަލެކްޓްކޮށް ވެމްކޯގެ ވެހިކަލްތަކުގައި ކުނި އުކާލައި ދިނީ ހެންވޭރު ކަލާފާނު ސްކޫލް ހިމެނޭ ކޮށިން އެކަމަށް ރަޖިސްޓްރީކޮށްފައިވާ ގޭގެ އާއި ތަންތަނުންނެވެ.

ކުނި އުކާލުމުގެ ހިދުމަތް ދިނުމަށް މިރޭ 10:00 އާ ހަމައަށް ވެމްކޯގެ ޓީމްތައް އެ ސަރަހައްދުގެ ގޭގޭގެ ކުރިޔަށް ގެންދާނެއެވެ. އެ ވަގުތާ ހަމައަށް ޒޯން އެކެއްގެ 20 ޕަސެންޓް ގޭގޭގެ ކުނި އެއްކުރެވޭނެ އެވެ.

  • ކުނި އުކާނީ މާލެ 10 ޒޯނަކަށް ބަހާލައިގެން
  • ހިދުމަތް ދެނީ އެކަމަށް އެދި ރަޖިސްޓްރީކޮށްގެން
  • ގެތަކުގެ ކުނި އުކާނީ އިމާރާތަކުން 100ރ. އަށް
  • ކޮންމެ ގޭބިސީއަކުން 150ރ. ނަގާނެ
  • ފުރަތަމަ ބުރުގައި 51 ގެއަކުން ކުނި އުކައިދޭނެ

ވެމްކޯ އިން ބުނީ، މިއަދު ކުނި ކަލެކްޝަންގެ މަސައްކަތް ފަށައިގަނެ ފުރަތަމަ ޒޯންގައި ހިމެނޭ ގެތަކަށް ވެމްކޯގެ ޓީމުތަކުން ކުނި ނަގަން ގޮސް ކުނި އުކާލާފައިވާ ކަމަށެވެ. މި މަސައްކަތް ފެށީ އަޖުމަ ބެލުމުގެ މަޝްރޫއެއްގެ ގޮތުގައި ވާތީ ދިމާވާ މައްސަލަތައް ހައްލުކުރަމުންދާ ގޮތަށެވެ.

ފުރަތަމަ ބުރުގައި މިއަދު 51 ގެއަކަށް ކުނި އުކައިދިނުމުގެ ހިދުމަތްދޭން ފެށި އިރު ހުރިހާ ޒޯނަކުން ކުނި އުކާލުމުގެ ހިދުމަތް އަންނަ ޖޫން މަހުގެ ކުރިން ދޭނެ އެވެ. މީގެ އިތުރުން ތިލަފުށީގައި އަންދާ އެންދުން ހުއްޓުމަކަށް ގެނައުމަށް 100 މިލިއަން ޑޮލަރުގެ މަޝްރޫއެއް ފަށާނެ އެވެ.

ވެމްކޯއިން ވަނީ މި މަސައްކަތްށް ބޭނުންވާ ޓްރައިސައިކަލް ހޯދަން ބަޔަކާ ހަވާލުކޮށްފަ އެވެ. މި ކަމަށް ބޭނުންވާ ޑަމްޕް ޓްރަކް މިހާރު ވަނީ ހޯދާފަ އެވެ.