ރާއްޖެ ކުޅިވަރު

ރާއްޖެ އަށް މޮޅެއް، ކިރިގިސްތާން ފައިނަލަށް

Dec 25, 2016

ބަނގުލަދޭޝްގެ ޑާކާގައި މިހާރު ކުރިއަށްދާ އޭޝިއާގެ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރާއްޖެ އަފްގާނީސްތާން އަތުން މޮލުވެ މުބާރާތުގެ ފުރުތަމަ މޮޅު ހޯދައިރު މުބާރާތް ބާއްވަ ގައުމު ބަލިކޮށް ހަނި ގޮތަކަށް ކިރިގިސްތަން ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފިއެވެ.

މިއަދުގެ މެޗު ރާއްޖެ ކާމިޔާބު ކުރީ ފަސޭހަ ކަމާއެކު ސީދާ ތިން ސެޓުން ނެވެ. ފުރަތަމަ ސެޓް ރައްޖެ ކާމިޔާބު ކުރީ 25-20 ން ނެވެ. އަދި ދެ ވަނަ ސެޓް 25-21 ން ނެވެ. ތިން ވަނަ ސެޓް ފަސޭހަ ކަމާއެކު ކާމިޔާބު ކުރީ 25-11 އިން ނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ރާއްޖޭގެ އެއް ވަނަ ވޮލީ ކުޅުންތެރިޔާ އިސްމާއިލް ސާޖިދު (ކުޑަ ކާއްޓޭ) އެވެ.

މިހާތަނަށް އެންމެ ފޯރިގަދަ ކުލުމެއް ފެނިގެންދިޔަ ބަނގުލަދޭޝް އާއި ކިރިގިސްތާން މެޗުން، އެޓީމު މޮޅުވީ 3-2 ސެޓުންނެވެ. ފުރަތަމަ ސެޓް ކިރިގިސްތާން ގެންގޮސްފައި ވަނިކޮށް ބަނގުލަދޭޝް ވަނީ ދެ ވަނަ ސެޓް ކަމިޔަބު ކޮށްފައެވެ. އަދި ތިން ވަނަ ސެޓް ކާމިޔަބު ކޮށް ޖެހިގެން އޮތް ސެޓް ކަމިޔާބު ކޮށްގެން ކިރިގިސްތާނަށް މެޗުން މޮޅުވެވެން އޮތް ނަމަވެސް ބަންގާޅު ޓީމު ވަނީ ހަތަރު ވަނަ ސެޓްވެސް ކާމިޔާބު ކޮށްފައެވެ. ފަހު ސެޓް ވަރަށް ވާދަވެރިކޮށް ދިޔައިރު ކިރިގިސްތާން މެޗު މޮޅުވީ ފަހު ސެޓް 15-13 އިން މޮޅުވެގެން ނެވެ.

ފައިނަލުގެ ދެ ވަނަ ޖާގަ އަށް ވާދަ ކުރަނީ ބަންގާޅާއި ނޭޕާލެވެ. މުބާރާތުގެ ފަހު މެޗުތަކުގައި މާދަމާ ބައްދަލު ކުރާނީ ކިރިގިސްތާނާއި ނޭޕަލެވެ. ކަށަވަރު ކުރަން ބަނގުލަދޭޝް ނިކުންނާނީ ރާއްޖެއާ ދެކޮޅަ ށެވެ. ފައިނަލުގެ ފުރުސަތު ނޭޕާލަށް ވުރެ ބޮޑީ ބަނގުލަދޭޝް އަށެވެ. އެއީ މިވަގުތު ވެސް ދެ ވަނައިގައި އޮތީ ބަނގުލަދޭޝް ކަމުގައި ވުމުން ނެވެ.

މުބާރާތުގެ ގަވައިދު ހަމަޖެހިފައިވާ ގޮތުން ފައިނަލަށް ދާނީ ލީގް އުސޫލުން ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. ތިން ވަނަ ޓީމު ހޮވަނީ ލީގް ބުރުގެ ތިން ވަނަ ޓީމާއި ހަތަރު ވަނަ ޓީމު ކުޅޭ މެޗުން ނެވެ. މުބާރަތުގެ ފައިނަލުގެ ފުރުސަތު ރާއްޖެ އަށް ގެއްލުނު ނަމަވެސް ތިން ވަނަ ހޯދުމުގެ ފުރސަތު އަދި އެބައޮތެވެ.