ރާއްޖެ ކުޅިވަރު

ފަދުވާގެ ހެޓްރިކާއެކު ރާއްޖެ މޮޅަކުން ފަށައިފި

Dec 26, 2016

އިންޑިއާގައި މިއަދު ފެށި ސާފް ޗެމްޕިއަންޝިޕް އަންހެން ފުޓްބޯޅަ މުބާރާތުގައި ކެޕްޓަން ފަދުވާ ޒާހިރުގެ ހެޓްރިކާ އެކު 5-2 ގެ ނަތިޖާއަކުން ޝްރީލަންކާ ބަލިކޮށް ރާއްޖެއިން މުބާރާތުގެ ފެށުން ރަނގަޅު ކޮށްފި އެވެ.

މިރޭ ކުޅުނު މެޗުގައި ރާއްޖޭގެ އަނެއް ދެ ލަނޑު ޖެހީ ރިފޫ އާއި ސާމިލާ އެވެ.

ރާއްޖެއާއި ލަންކާއާ އެކު ގުރޫޕް 'އޭ' ގައި ހިމެނޭ އަނެއް ދެ ޓީމު ކަމަށްވާ ނޭޕާލާއި ބުޓާން ބައްދަލު ކުރި މެޗު ނާޕަލުން ކާމިޔަބު ކުރީ 8-0 ތަފާތު ބޮޑު ނަތީޖާ އަކުން ނެވެ. މެޗުގައި ނޭޕާލްުގެ ބަންދާރީ ވަނީ ހަ ލަނޑު ޖަހައި ދެ ހެޓްރިކް ހަދާފައެވެ.

މުބާރާތުގައި މާދަމާ އޮންނާނީ އެންމެ މެޗެކެވެ. އެއީ ގުރޫޕް 'ބީ' ގައި އިންޑިއާ އާއި އަފްޣާނިސްތާން ބައްދަލު ކުރާ މެޗު އެކަން ޏެވެ.

މުބާރާތުގައި ރާއްޖެ ކުޅޭ ދެ ވަނަ މެޗްގައި ބުދަ ދުވަހު ނިކުންނާނީ ނޭޕާލާ ދެކޮޅަށެވެ. މުބާރާތުގައި ރާއްޖޭގެ ޓީމުގެ ފުރަތަމަ އަމާޒަކީ ސެމީ ފައިނަލަށް ދަތުރު ކުރުމެވެ.