ޔޫރަޕްގެ ޗެމްޕިއަންކަން ޕޯޗްގަލް ހޯދުމަކީ މިދިޔަ އަހަރު ފުޓްބޯޅައިގައި ގިނަ ބަޔަކު އެންމެ ހައިރާން ކޮށްލި ކާމިޔާބެވެ. އެއީ މުބާރާތް ކާމިޔާބު ކުރާނެ ކަމަށް ގިނަ ބަޔަކު އަންދާޒާ ކުރި ދެ ޓީމު ތެރޭގައި ޕޯޗުގަލް ނުހިމެނެއެވެ.
ޕޯޗްގަލް ޗެމްޕިއަންކަން ހޯދުމުން ދެ ކަމެއް ހާސިލު ވެއްޖެއެވެ. އެޓީމަށް ބައިނަލްއަގްވާމީ ބޮޑު މުބާރާތެއްގެ ފުރަތަމަ ތަށި ހޯދައިފިއެވެ.. ޕޯޗްގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ގައުމީ ޓީމަށް ކާމިޔަބެއް ހޯދައި ނުދެވޭ ކަމަށް ބުނެ ކިޔާ ފާޑު ކިޔުންތަކަށް ރައްދު ދެވިއްޖެއެވެ.
ފައިނަލުގައި ލިބުނު އަނިޔާއެއް ސަބަބުން ރޮނާލްޑޯ ފައިބަން ޖެހުނަސް ޕޯޗްގަލް މުބާރާތުގެ ފައިނަލަށް ގެންގޮސް ދިނުމުގައި ރޮނާލްޑޯގެ ދައުރު އޮތެވެ.
އަނެއް ކަމަކީ މުބާރާތުގެ ގޫރޫޕް ސްޓޭޖްގައި ބޮޑެތި ޓީމުތަކުގެ ތެރެއިން އެންމެ އުނދަގޫ ވީ ޕޯޗްގަލް އަށެވެ. މުޅި ޔޫރޯގައި އެންމެން ހައިރާން ކޮށްލި ކުޑަކުޑަ އިއިސްލެންޑްގެ އަތް ދަށުން ސާލާމަތް ވެގެން ޕޯޗްގަލް އަށް ނުދެވުނެވެ.
ނަމަވެސް ނޮކައުޓް މެޗު ތަކުގައި ޕޯޗްގަލް ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. ޕޯޗްގަލް އަށް ތަށިވެސް ލިބިއްޖެއެވެ. ރޮނާލްޑޯ އަށް ޓީމަށް ކާމިޔާބު ހޯދައިވެސް ދެވިއްޖެއެވެ. ކުޅުންތެރިޔެއްގެ ހައިސިއްޔަތުން މިހާރު ރޮނާލްޑޯ އަށް ނުލިބި އޮތޯ ވޯލްޑްކަޕް ތަށީގައި އަތްލުމުގެ ފުރުސަތު އެކަންޏެވެ.