ރާއްޖެ ކުޅިވަރު

ނޭޕާލް އަތުން ބަދަލު ހިފައި، ރާއްޖެ ތިން ވަނަ އަށް

Dec 27, 2016

ސެންޓަރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ތިން ވަނަ ހޮވި މެޗުގައި ނޭޕާލް އަތުން މޮޅުވެ ރާއްޖެ މުބާރާތުގެ ތިން ވަނަ ހޯދައިފި އެވެ.

ރާއްޖެއިން މެޗު ކާމިޔާބު ކުރީ ތިން ސެޓް އެއް ސެޓުން ނެވެ. ލީގް ބުރުގައި ރާއްޖެ ކުޅުނު މެޗުގައި ނޭޕާލް އަތުން ބަލިވީ ވެސް 3-1 ސެޓުން ނެވެ.

މުބާރާތުގެ ގަވާއިދު ހަމަޖެހިފައިވާ ގޮތުން ފައިނަލަށާއި ތިން ވަނަ ހޮވާ މެޗް ކުޅޭނީ ލީގް އުސޫލުން ކުޅުމަށް ފަހު އެވެ. އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ފައިނަލަށް ދާއިރު ތިން ވަނަ ޓީމާއި ހަތަރު ވަނަ ޓީމު ކުޅެނީ ތިން ވަނަ ހޮވާ މެޗެވެ.

ރާއްޖެ ތިން ވަނަ ހޮވާ މެޗަށް ދިޔައީ ހަތަރު ވަނަ ޓީމުގެ ގޮތުގަ އެވެ.

މިއަދު ކުޅުނު މެޗުގެ ފުރަތަމަ ސެޓް ރާއްޖެ އިން ކާމިޔާބު ކުރީ 25-22 އިން ނެވެ. ދެ ވަނަ ސެޓް ރާއްޖެއިން ފަސޭހަ ކަމާއެކު ކާމިޔާބު ކުރީ 25-14 އިންނެވެ. ތިން ވަނަ ސެޓް ކާމިޔާބު ކޮށް ރާއްޖެ އަށް މެޗު ކާމިޔާބު ކުރެވެން އޮތް ނަމަވެސް އެ ސެޓް ނޭޕާލުން ކާމިޔަބު ކުރި 25-19 އިން ނެވެ. މެޗުން މޮޅުވި ސެޓް ރާއްޖެއިން ކާމިޔާބު 25-21 އިން ނެވެ.

މިއަދު ކުޅޭ ފައިނަލް މެޗުގައި ބައްދަލު ކުރާނީ ކިރިގިސްތާން އާއި ބަންގްލަދޭޝް އެވެ. މި ދެޓީމު ލީގް ބުރުގައި ކުޅުނު މެޗް ކިރިގިސްތާން ކާމިޔާބު ކުރީ 5-2 ސެޓުން ނެވެ.