ވިޔަފާރި

ޗަމްޕާ ސެންޓްރަލްގައި ބޮޑު ބެރާއެކު ޑިނާ ނައިޓެއް!

Dec 27, 2016
  • ޑިނާ ނައިޓްގައި ހަބޭސްގެ ބޮޑު ބެރު
  • ޑިނާ ނައިޓް އޮތީ 31 ވަނަ ދުވަހުގެ ރޭ
  • ބޮލަކަށް ޓެކްސްއާ ނުލައި 329ރ.

ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ހޮނިހިރު ދުވަހުގެ ރޭ ހާއްސަ ޑިނާ ނައިޓެއް، ހަބޭސް ބޮޑު ބެރު ގްރޫޕާއެކު އޮންނާނެ އެވެ.

ޗަމްޕާ ސެންޓްރަލްގެ އިވެންޓް މެނޭޖަރު މަރިޔަމް ޝުކައިނާ ވިދާޅުވީ 31 ވަނަ ދުވަހުގެ ރޭ އާ އަހަރު ފާހަގަ ކުރުމަށް ބާއްވާ ޑިނާ ނައިޓުގައި ހަބޭސް ބޮޑުބެރު ގްރޫޕުގެ ހުށަހެޅުންތައް އޮންނާނެ ކަމަށެވެ. އަދި އާ އަހަރުގެ ކައުންޓް ޑައުން ވެސް އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޑިނާ ނައިޓުގައި ޔޫރަޕިއަން ބުފޭއެއް، މޮކްޓެއިލްއާއެކު އޮންނާނެ. މިއީ އެންމެ ފެންވަރު ރަނގަޅު އެއް ބުފޭ އަށް ވާނެ،" މަރިޔަމް ވިދާޅުވި އެވެ.

ޗަމްޕާ ސެންޓްރަލް އިން މި ޑިނާ ނައިޓުގެ ޓިކެޓު ވިއްކަނީ ޓެކްސް ނުހިމަނައި 329 ރުފިޔާ އަށެވެ. އަދި މި ޑިނާ ނައިޓް އޮތީ ޗަމްޕާ ސެންޓްރަލް އިން ދާދިފަހުން ހުޅުވި އެ ހޮޓަލުގެ ރޫފް ޓޮޕްގަ އެވެ.

މާލޭގައި އެންމެ ފުރަތަމަ ހުޅުވުނު ސިޓީ ހޮޓާ ކަމަށްވާ ސެންޓްރަލް ހޮޓެލް މަރާމާތު ކުރުމަށް މިހާރު އަލުން ދަނީ ހިދުމަތް ދެމުންނެވެ.

މި ހޮޓާ މަޝްހޫރު ޓޫރިޒަމް ކުންފުނި ޗަމްޕާ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އިން ގަނެ، ހުޅުވާފައިވަނީ މި އަހަރުގެ އެޕްރީލް މަހު އެވެ. މި ހޮޓާ އަލަށް ހުޅުވިއިރު ގެނެސްފައިވާ މުހިންމު އެއް ބަދަލަކީ ކުރިން އެ އިމާރާތާ ޖެހިގެން ހުރި އިމާރާތް އެއް ހޮޓަލާ އެއްކޮށްލުމެވެ. މި ބަދަލާއެކު ހޮޓަލުގެ ރޫފް ޓޮޕްގައި 150 މީހުންގެ ޖާގަ އޮވެ އެވެ.

ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ތަފާތު ތިން ވައްތަރެއްގެ 74 ކޮޓަރި ހުރެ އެވެ. މީގެ ތެރޭގައި ހިމެނެނީ ސުޕީރިއާ ހޮޓަރި އާއި ޑިލަކްސް ކޮޓަރި އަދި އެންމެ މަތީ ފަންތީގެ މެހުމާނުން ނަށް ހިދުމަތް ދިނުމަށް ހަދާފައިވާ އެކްޒެކެޓިވް ހޮޓަރި އެވެ.