ރާއްޖެ ކުޅިވަރު

އެއް އަހަރަށް ލިލީ ނިއުއަށް ސޮއި ކޮށްފި

Dec 28, 2016

މިދިޔަ ސީޒަންގައި ޓީސީގެ ފަހަތް ބެލެހެއްޓި ޑިފެންޑަރު އަހްމަދު އަބްދުﷲ (ލިލީ) އަންނަ ސީޒަންގައި ނިއުރޭޑިއަންޓަށް ކުޅެން ސޮއިކޮށްފިއެވެ.

ލިލީ ނިއު އަށް ސޮއި ކުރީ އެއް އަހަރަ ށެވެ.

ލިލީ އަކީ އަންނަ ސީޒަނަށް ތައްޔާރުވުމަށް ނިއު އަށް ގެނައި ހަތަރު ވަނަ ކުޅުންތެރިޔާއެވެ. އޭނާގެ އިތުރުން ރާއްޖޭގެ އެއް ވަނަ ގޯލްކީޕަރު އިމްރާން މުހައްމަދާއި މިދިޔަ ސީޒަންގައި ލިލީއާ އެކު ޓީސީ އަށް ކުޅުނު އަލީ ފާސިރު (ސެންޓޭ) ގެ އިތުރުން ވެލެންސިއާ އަށް ކުޅުނު އަކުރަމް އަބްދުލް ގަނީ ވެސް ވަނީ ނިއު އަށް ސޮއިކޮށްފައެވެ.

މި ހަތަރު ކުޅުންތެރިންންނަކީ ވެސް މީގެ ކުރިން ނިއު އަށް ކުޅުނު ހަތަރު ކުޅުންތެރިން ނެވެ.

އެނގިފައިވާ ގޮތުގައި ލިލީގެ ސޮއި ހޯދުމަށް ނިއު އިން ވަނީ ބޮޑު އަދަދެއް ހޭދަކޮށްފައެވެ. އަދި ނިއު އަށް ސޮއި ކުރި އަނެއް ތިން ކުޅުންތެރިންނަށްވެސް އެޓީމުން ވަނީ ބޮޑު އަދަދެއް ހޭދަކޮށްފަ އެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު ކުލަބު މިދިޔަ ސީޒަންގައި ފެނުނީ ދަށް ކޯށްވެ. ލީގްގެ ފަސް ވަނައިގައި ނިންމާލި ނަމަވެސް، ރެލިގޭޝަން ޒޯނަށް ވެއްޓި ދާނެ ކަމުގެ ބިރު ވެސް އެޓީމަށް ކުރިމަތިވި އެވެ. އަދި އެޓީމުން ސީޒަން ނިންމާލީ އެއްވެސް ކާމިޔަބެއް ނުލިބި އެވެ.