ރާއްޖެ ކުޅިވަރު

ރާއްޖެ މިއަދު ނޭޕާލާ ދެކޮޅަށް، އަމާޒަކީ ޑްރޯ އަކުން ނިންމުން

Dec 28, 2016

އިންޑިއާގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް އަންހެން ފުޓްބޯޅަ މުބާރާތުގައި ރާއްޖެ މިއަދު ނޭޕާލާ ދެކޮޅަށް ކުޅޭ މެޗުގައި އަމާޒަކީ މެޗު ޑްރޯ އަކުން މެޗު ނިންމާލުން ކަމަށް ގައުމީ ޓީމުގެ ކޯޗް ޖަޕާނުގެ ނައޯކޯ ކަވަމޯޓާ (ރިއޯ ކޯޗް) ބުނެފިއެވެ.

ކޯޗާ ހަވާލަދީ ޓީމުގެ އޮފިޝަލަކު ވިދާޅުވީ ނޭޕާލްގެ ވަރުގަދަ ކަމަށާއި، އެޓީމާ ދެކޮޅަށް ކުޅެން ނިކުންނަން ޖެހޭނީ ޑްރޯ އަކަށް ވިސްނައިގެން ކަމަށެވެ.

ނޭޕާލް އަކީ މިހާތަނަށް ބޭއްވި ތިން މުބާރާތުގެ ވެސް ރަނަރަފް ޓީމެވެ. މިދިޔަ ހޯމަ ދުވަހު ބޫޓާނާ ދެކޮޅަށް ކުޅުނު މެޗްގައި އެޓީމުން ވަނީ ބޫޓާން ކޮޅަށް އަށް ލަނޑު ޖަހާފަ އެވެ. އެ މެޗުގައި އެޓީމުގެ ބަންދާރީ ވަނީ ދެ ހެޓްރިކް ހަދާފަ އެވެ.

"ޓީމުގެ އެޓޭކިން ސްޓައިލަކަށް ބަދަލެއް ނުގެންނާނަން، ލަންކާއާ ދެކޮޅަށް ކުޅުނު މެޗުގެ އެޓޭކިން ސްޓައިލް ނޭޕާލާ ދެކޮޅަށް ވެސް ނަމަވެސް ފޯކަސް އަކީ ޑްރޯ އަކުން ނިންމާލުން" ރިއޯ ކޯޗް ބުންޏެވެ.

ހޯމަ ދުވަހު ލަންކާ އަތުން ރާއްޖެ މޮޅުވީ 5-2 ން ނެވެ. އެ މެޗުގައި ކެޕްޓަން ފަދުވަ ޒަހިރު ވަނީ ހެޓްރިކް ހަދާފައެވެ.