ރާއްޖެ ކުޅިވަރު

ބްރެޑްލީ ވަކިކޮށް ސްވަންސީގެ ވިސްނުން ކާޓިސްއަށް

Dec 28, 2016

ސްވަންސީ ސިޓީގެ ކޯޗްކަމާ ހަވާލުވިތާ 85 ދުވަސް ފަހުން، ކޯޗު ކަމުން އެމެރިކާގެ ބޮބް ބްރެޑްލީ ވަކިކޮށްފި އެވެ.

މިހާރު ރެލިގޭޝަން ޒޯންގައިވާ ސްވަންސީގެ ކޯޗު ކަމުން ބްރެޑްލީ ވަކިކޮށް ހެޑްކޯޗު ކަމުގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން އެސިސްޓެންޓް ކޯޗް އެލަން ކާޓިސްއާ ވަނީ ހަވާލު ކޮށްފަ އެވެ.

އެމެރިކާގެ ގައުމީ ޓީމަށް ވެސް ކުރިން ކޯޗު ކޮށްދީފައިވާ ބްރެޑްލީ، ކޯޗުކަމުގެ ދަށުން، ސްވަންސީ ލީގްގައި ކުޅުނު 18 މެޗުގެ ތެރެއިން 12 މެޗުން އެ ޓީމު ވަނީ ބަލިވެފަ އެވެ. އެޓީމު މޮޅުވީ ތިން މެޗުން ނެވެ. ބްރެޑްލީއަކީ މިއަހަރު ތެރޭ ސްވަންސީގެ ކޯޗު ކަމުން ވަކި ކުރި ތިން ވަނަ ކޯޗެވެ.

"އަހަރެމެން ވަރަށް ބޮޑަށް މާފަށް އެދެން އެހާ ކުޑަ މުއްދަތެއްގެ ތެރޭގައި ބޮބްގެ ވަޒީފާ ގެއްލުމުން، ނަސީބު ދެރަކަމުން ޕްލޭން ކުރި ގޮތަށް މަސައްކަތް ނުކުރީ އަހަރެމެންނަށް ވިސްނުނީ ލީގްގެ މެދަށް ދާއިރު ކުރި އެރުމެއް ނައިސްފިނަމަ ބަދަލެއް ގެންނަން ޖެހޭނެ ކަން." ސްވަންސީގެ ޗެއާމަން ޖޫ ޖަންކަންސް ވިދާޅުވި އެވެ.

ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ބްރެޑްލީ ރިޕްލޭސް ކުރަން ސްވަންސިއިން ދަނީ އެހެން ކޯޗުން ބަލަމުންނެވެ. އޭގެތެރޭގައި އިނގިރޭސި ގައުމީ ޓީމުގެ ކުރީ ގެ ކޯޗް ރޯއީ ހޮޖްސަން ވެސް ހިމެނޭ ކަމަށް ބައެއް މީޑިއާ ތަކުން ބުނެއެވެ.

ނަމަވެސް ޓީމުން ރަސްމީ ކޯށް އިއުލާން ނުކުރި ނަމަވެސް، އެޓީމުގެ ވިސްނުން ހުރީ ކާޓިސް ހެޑް ކޯޗް ކަމަށް ގެނައުމަށް ފަހު ދެ ވަަނަ އެސިސްޓެންޓް ކޯޗްގެ މަގާމު ގައި ހުރި ޕައުލް ވިލިއަމްސް ފަސްޓް އެސިސްޓެންޓް ކޯޗުގެ މަގާމަށް ގެނައު މެވެ.