ރާއްޖެ ކުޅިވަރު

ޓީސީ ދޫކޮށް ބަރޯ ވިކްޓްރީއަށް

Dec 29, 2016

ޓީސީގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ހުރި އަހްމަދު އަހްސަން (ބަރޯ) ޓީސީ ދޫކޮށް ވިކްޓްރީ ސްޕޯޓްސް ކުލަބަށް ބަދަލު ވެއްޖެ އެވެ.

ބަރޯ އަކީ އެސިސްޓެންޓް ކޯޗްގެ އިތުރުން ގޯލްކީޕަރު ޓްރެއިނަރު ވެސް މެއެވެ. މިއަހަރު ބޭއްވި ޔޫތު ޗެމްޕިއަންޝިޕްގައި ޓީސީގެ ޒުވާން ޓީމަށް ކޯޗް ކޯށްދިނީ ވެސް އޭނާ އެވެ.

ގޯލްކީޕަރެއްގެ ގޮތުގައި ކުޅުނު ބަރޯ ވަނީ މީގެ ކުރިން ވިކްޓްރީއަށް ކުޅެފައެވެ. އޭނާ ވަނީ ވިކްޓަރީގެ ބަދަލު ކީޕަރުކަން ކޮށްފައެވެ.

ވިކްޓްރީގެ މެނޭޖަރު އަހްމަދު ފަޔާޒު ބުނީ ބަރޯ ވިކްޓްރީއާ ގުޅުނީ އެއް އަހަރު ދުވަހުގެ މުއްދަތައް ކަމަށެވެ. ވިކްޓަރީގައި ގޯލްކީޕަރު ޓްރެއިނަރެއްގެ އިތުރުން ދެ ވަނަ އެސިސްޓެންޓް ކޯޗްގެ މަގާމު ވެސް އޭނާ އަދާ ކުރާނެއެވެ.

އަންނަ ސީޒަންގައި ވިކްޓްރީގެ ހެޑް ކޯޗް ކަން ކުރަނީ މިދިޔަ ސީޒަންގައި ބީޖީ އަށް ކޯޗް ކޮށްދިން ޝާޒްލީ މުހައްމަދު (ޝާޒް) އެވެ.