މިއީ ރީތިވާއެއްޗެހި އުފައްދާ ކުންފުނިތަކުގައި ވެސް އެންމެ ގިނައިން ބޭނުން ކުރާ އެކައްޗެކެވެ. މިއީ ގުދުރަތީ ތާސީރު ބޭނުންކޮށްގެން ހަދާ ފޭސްމާސްކު ތަކާއި ހެއާ މާސްކު ތަކުގައި ވެސް އެންމެ ގިނައިން ފެންނަ އެއް ނަމެވެ.
އެލޯވެރާއަކީ ސިއްހަތަށް ފައިދާ ހުރި އެތަށް ވިޓަމިންއަކާއި މިނަރަލްސް އެއް ހިމެނޭ ގަހެކެވެ. މީގެއިތުރުން ވެސް ގޭތެރޭގައި ވެސް އެންމެ ފަސޭހައިން ހައްދާލެވޭނެ ގަހެކެވެ.
އެލޯވެރާގައި ހިމެނޭ އެންޓިއޮކްސިޑަންޓްސް އިން ހަށިގަނޑުގައި ހިމެނޭ ވިހަ މާއްދާތައް ސާފުކޮށްލަ އެވެ.
ހަޖަމު ކުރަން ފަސޭހަ ވުން
ބަނޑު ހަރުވެ ހަޖަމުގެ ނިޒާމަށް ޖެހޭ އުނދަގޫތަކަށް އެލޯވެރާ ޖޫހުން ހައްލު ލިބެ އެވެ. އަދި ބަނޑުގައި ގޭސް ހެދުމާއި ރަނގަޅަށް ކާތަކެތި ހަޖަމުނުވެ މައްސަލަ ޖެހޭނަމަވެސް އެލޯވެރާއިން ހައްލު ލިބެ އެވެ. މީގެ އިތުރުން މީހާގެ ބަރުދަން މާބޮޑަށް ލުއިވާ މީހުން ބަރުދަން އިތުރު ކުރުމުގެ ގޮތުން ވެސް އެލޯވެރާ ޖޫސް ބޮވިދާނެ އެވެ.
ހަށިގަނޑުގައި އުފެދޭ ވިހަ މާއްދާތައް ބޭރުކޮށްލާ
ހެނދުނު ތެދުވެ ހުސްބަނޑާ ހުރެ އެލޯވެރާ ޖޫސް ތައްޓެއް ބޯލާނަމަ ހަށިގަނޑުގައި އުފެދިފައި ހުންނަ ވިހަތައް ބޭރުކޮށްލަ އެވެ. އަދި ހަޖަމުގެ ނިޒާމުގެ މަސައްކަތަށް ފަސޭހަ ވެގެންދެ އެވެ.
ހޯމޯން ބެލެންސް ކޮށްދޭ
ބައެއް ފަހަރަށް ހަށިގަނޑުގެ ހޯމޯނަށް އަންނަ ބަދަލުތަކާ ހެދި ތަފާތު މައްސަލަތައް ޖެހެ އެވެ. ނަމަވެސް އެލޯވެރާ ޖޫހުގައި ހިމެނޭ ވިޓަމިންސްތަކުގެ ސަބަބުން ހޯމޯން ބެލެންސް ކުރަން އެހީތެރިވެދެ އެވެ.
ހަމާއި އިސްތަށިގަނޑަށް
އެލޯވެރާއަކީ ގައިގެ ހަން އޮމާންކޮށް އިސްތަށިގަނޑު ވަރުގަދަ ކުރުމަށް ވެސް ބޭނުންކުރަން އެއްވަނައިގެ އެއްޗެކެވެ. މޫނުގައި ހުންނަ ލަކުނު ފިލުވާލުމަށް ވެސް އެލޯވެރާ ބޭނުންކުރެވިދާނެ އެވެ. އަދި މިއީ އިސްތަށި ފޭބުމާއި ހަންފޮޅުމުގެ މައްސަލަ އަށް ވެސް ހައްލު ހޯދައިދޭނެ އެއްޗެކެވެ. މޫނާއި އިސްތަށިގަނޑުގައި އިތުރު އެއްޗެއް އެއްނުކޮށް ސީދާ އެލޯވެރާ އުނގުޅާލެވިދާނެ އެވެ. މީގެން ލިބޭ ފައިދާ އިތުރުކުރުމަށް އެލޯވެރާ ޖޫސް ބުއިމެއްގެ ގޮތުން ވެސް ބޭނުންކުރެވިދާނެ އެވެ.