ރައްޔިތުންގެ މަޖިލިސް

ތަރައްގީގެ ސްޕީޑް އަވަސްކޮށް އެންމެން މޮޅުވާންޖެހޭ: މަސީހު

Dec 31, 2016

ތަރައްގީގައި ސުޕީޑް އަވަސްކޮށް އެއްދުވަހުން ކުރެވޭ ކަންކަން ފަސް ދުވަހުން ކުރާ ފަގީރު ވިސްނުން ދޫކޮށް ކަންކަމުގެ ސުޕީޑް އަވަސްކުރަން އަމާޒު ހިފައި އެންމެން މޮޅުވާން މަސައްކަތް ކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ މަސީހު ގޮވާލައްވައިފި އެވެ.

އާ އަހަރާ ގުޅުވައި މަޖިލީހުގެ ރައީސް އާންމު ކުރެއްވި ތަހުނިޔާގެ މެސެޖެއްގައި ވިދާޅުވެފައިވަނީ ރަށާއި ގައުމު ތަރައްގީވަމުންދިއުމަކީ އެއްބަޔަކު މޮޅުވެފައި އަނެއްބަޔަކު ބަލިވުން ނޫންކަމަށާ ތަރައްގީ ވުމަކީ އެންމެންވެސް މޮޅުވުން ކަމަށާއި ފެށޭ 2017 ވަނަ އަހަރަކީވެސް ރައްޔިތުންނަށްޓަކައި ރައްޔިތުންގެ ހައްގުގައި މަޖިލީހުން ކުރަންޖެހޭ ކަންކަން ހީވާގިކަމާއިއެކު ހަލުވި ސްޕީޑުގައި ކުރެވޭނެ އަހަރަކަށް ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މަސީހު ވިދާޅުވީ ހީވާގިކަމާއި ޝައުގުވެރިކަން އިތުރުކޮށް ގައުމު ތަރައްގީކޮށް ޒަމާނީ ކުރުމުގެ ވިސްނަންޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ދުނިޔޭގެ ކަންކަން ހިނގަމުންދާގޮތަށް ބަލާއިރު ތަރައްގީގެ ހަތަރު އޮނގޮޅީގައި ވެސް އަދި އޮޓޮމެޓިކް މޯޑްގައި ވެސް ތިބެވެން ނެތްކަމަށެވެ. އޭގެ ބަދަލުގައި ތަރައްގީ ހާސިލްކުރުމަށް ކެރިގެން ފަހަށް މަޑުކުރުމެއްނެތި ހަލުވި ދުވެލީގައި ދާންޖެހޭ ކަމަށެވެ.

ނިމިގެންދާ އަހަރަށް އިޝާރާތް ކުރައްވާ ވިދާޅުވީ އެއީ ގައުމުގެ ތަރައްގީގެ މައިދާނުގައި ގިނަ ކާމިޔާބީތަކެއް ހާސިލްކުރި އަހަރެއްކަމަށާ ބަރުލަމާނީ ހަޔާތުގައިވެސް ވަރަށް އުފެއްދުންތެރި މަސައްކަތްތަކެއްކޮށް ނިންމާލެވުނު އަހަރެއްކަމަށެވެ.
ތަރަ