ކަނޑުމަތީގެ ހާދިސާ

ދެ މީހުނާއެކު ހާލުގައި ޖެހިފައިވާ ބޯޓެއް ރާއްޖެ ސަރަހައްދުން ފެނިއްޖެ

Jan 4, 2017

ދެ މީހުނާއެކު ދަތުރު ކުރަނިކޮށް ހާލުގައި ޖެހިފައިވާ ބޭރު ގައުމެއްގެ މަސް ބޯޓެއް ރާއްޖޭގެ ސަރަހައްދުން ފެނިގެން އެމްއެންޑީއެފްއިން ހަރަކާތްތެރިވާން ފަށައިފި އެވެ. އެ ބޯޓު ފެނިފައިވަނީ "ކަނޑު ރޯދި" ނަމަކަށް ކިޔާ ކަންނެލި މަސް ދޯންޏަކަށެވެ.

އެމްއެންޑީއެފްއިން ބުނީ، އެ ބޯޓުގެ މައުލޫމާތު ލިބިފައިވަނީ މިރޭ 8:50 އެހާކަންހާއިރު ކަމަށެވެ. އެ ދެ މީހުން ތިބި 25 ފޫޓުގެ ބޯޓު ފެނިފައިވަނީ މިއަދު ހަވީރު 3:45 އެހާކަންހާއިރު ތުރާކުނުގެ 30 މޭލު ބޭރުން އޮޔާ ބެހިގެން ދަނިކޮށް ކަމަށެވެ.

"ކަނޑު ރޯދި" ދޯންޏާ ހަވާލާދީ އެ ދެ މީހުންގެ ހާލު ރަނގަޅު ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް މިއީ ކޮން ގައުމެއްގެ ބޯޓެއް ކަމެއް އަދި ސާފެއް ނުވާއި ކަމަށާއި އެއީ ކޮން ގައުމެއްގެ ކޮން ބައެއްތޯ ބެލުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑައި ފުލުހުން ގުޅިގެން ކުރަމުންދާ ކަމަށް ވެސް އެމްއެންޑީއެފްއިން ބުންޏެވެ.