ނިއުރޭޑިއަންޓް

ނިއުގެ ޗެއާމަން ކަމަށް ކާނަލް ޒިޔާދު

Jan 6, 2017

ނިއުރޭޑިއަން ސްޕޯޓްސް ކުލަބުގެ ޗެއާމަން ކަމަށް ކާނަލް ޒިޔާދު އިންތިހާބު ކޮށްފި އެވެ.

މިރޭ ބޭއްވި ނިއުގެ އިންތިހާބީ ކޮންގްރެސްގައި، ކާނަލް ޒިޔާދު ޗެއާމަން ކަމަށް އިންތިހާބު ކޮށްފައިވަނީ، ބޯޑު އިންތިހާބު ކުރުމަށްފަހު ބޭއްވި ފުރަތަމަ ބޯޑް ބައްދަލު ވުމުގަ އެވެ.

ވައިސް ޗެއާމަން ކަމަށް ހަމަޖައްސަވާފައިވަނީ ކުރީގެ ފަނޑިޔާރު އައްބާސް ޝަރީފާއި ނިއުގެ ކުރީގެ ގޯލް ކީޕަރު ސައްޔިދު އަލީ އެވެ.

ނިއުގެ ބޯޑުގައި ހިމެނެނީ ނުވަ މެންބަރުން ނެވެ. ބޯޑަށް ކުރިމަތި ލެއްވީވެސް ނުވަ މެންބަރުން ނެވެ. އެހެން ކަމުން ވޯޓަށް އެހުމުގެ ބަދަލުގައި، ނިއުގެ އަސާސީ ގަވައިދުގައި ބުނެފައިވާ ގޮތުގެ މަތިން އެ ހުރިހާ މެންބަރުން ވެސް ވަނީ ބޯޑަށް އިންތިހާބުވެފަ އެވެ.

ބޯޑުގައި ހިމެނޭ އަނެއް ހަ ބޭފުޅުން

- އަބްދުލް މުއިއްޒު މުސްތޮފާ
- އަހްމަދު ޝިޔާމް
- އިސްމާއީލް ރަޝީދު
- ހުސައިން ހަސަން
- ޝާމް އާދަމް
- ނަލިން ޗަމިންދައުދަގެ ކަންކަން (ޝްރީލަންކާ)

މިރޭ ބޭއްވި ބޯޑް ބައްދަލު ވުމުގައި ނިއުގެ ކުރިއަށް އޮތް ދައުރުގެ ވެސް ޖެނެރަލް ސެކެޓްރީގެ މަގާމަށް މިހާރުވެސް އެމަގާމުގައި ހުންނެވި އަހްމަދު ނިޔާޒު މޫސާ (ޓެޑް)

ޗެއާމްން ކަމަށް އިންތިހާބު ވުމަށްފަހު ދެއްކެވި ވާހަކައިގައި ކާނަލް ޒިޔާދު ވިދާޅުވީ ބޯޑަށް އިންތިހާބުވުމުގެ ކުރިންވެސް މަސައްކަތްތަކެއް ކުރައްވާފައިވާނެ ކަމަށާއި އެގޮތުން ޓީމު މިއަހަރު އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ސޮކޮޑަށް ކުޅުންތެރިން ހޯދުމުގެ ކަންކަން ހަމަޖެއްސީ އޭނާގެ ބެލުމުގެ ދަށުން ކަމަށެވެ.