ހުޅުމާލެ

ހުޅުމާލޭގައި އިތުރު ދެ ސްކޫލް އަޅަނީ

Jan 7, 2017

މި އަހަރުގެ ތެރޭގައި ހުޅުމާލޭގައި އިތުރު ދެ ސްކޫލެއް އަޅަން ނިންމައިފި އެވެ. އެޑިއުކޭޝަން މިނިސްޓްރީން ޕީއެސްއެމަށް ދިން އިންޓަވިއުއެއްގައި މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކްޓިވް އިބްރާހީމް އިސްމާއީލް ވިދާޅުވީ ހުޅުމާލޭގައި އިތުރު ދެ ސްކޫލް އެޅަން ސަރުކާރުން ވިސްނާފައިވާ ކަމަށާއި އެކަމުގެ މަޝްވަރާތައް އެޗްޑީސީއާއެކު ފަށާފައިވާ ކަމަށެވެ.

އަދި ވިދާޅުވީ އާ ހައުސިންގ ޔުނިޓްތަކާއެކު ހުޅުމާލޭގެ އާބާދީ އިތުރުވަމުންދާއިރު އިތުރަށް ބޭނުންވާ ދެ ސްކޫލް އަޅާނެ ބިން ފައިނަލް ކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށާއި މި އަހަރުގެ ތެރޭގައި އެ ދެ ސްކޫލުގެ މަސައްކަތް ފަށަން އުންމީދު ކުރައްވާ ކަމަށެވެ.

އާ ދެ ސްކޫލްގެ އިމާރާތްކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ދެ ސްކޫލާބެހޭ އިތުރު ތަފުސީލު މިިނިސްޓްރީން މިއަދު ލިބޭ ގޮތެއް ނުވި އެވެ. ހުޅުމާލޭގައި މިހާރު ވެސް ދެ ސްކޫލެއް ހުރެއެވެ.