ކަނޑުމަތީގެ ހާދިސާ

އަށް މީހުންނާއެކު މާލެއިން ފުރި ދޯންޏެއް ފަރަށް އަރައިފި

Jan 8, 2017

އަށް މީހުންނާއެކު މާލެއިން ފުރައިގެން ދިޔަ ދޯންޏެއް ކ. ގުޅި ކައިރީ އޮތް ފަރަކަށް އަރައިފި އެވެ.

ސިފައިންގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ރޭގެ ވަގުތެއްގައި މާލެއިން ފުރައިގެން ތ. މަޑިފުއްޓަށް ދަތުރު ކުރަމުން ދަނިކޮށް "ބްލެކް ޕާލް" ނަމަކަށް ކިޔާ 80 ފޫޓުގެ މުދާ އުފުލާ ދޯންޏެއް ފަރަށް އަރާފައިވާ ކަމަށެވެ. އަދި އެ ވަގުތު ދޯނީގައި އަށް މީހުން ތިބި ކަމަށާއި ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއްވެފައި ނުވާ ކަމަށެވެ.

އެ ދޯނީގައި ހުރި މުދަލުގެ އެއްވެސް ތަފްސީލެއް ލިބިފައި ނުވެއެވެ. ނަމަވެސް އާޒިމް ވިދާޅުވީ އެ ސަރަހައްދުގައި ސިފައިންގެ ޑައިވަރުންނާއި ކޯސްޓް ގާޑު ގުޅިގެން ދޯނި ފުން ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.