ލައިފްސްޓައިލް

ދަރިފުޅު ޕީނަޓަށް އެލާޖިކްވަނީތަ؟

Jan 8, 2017

މިއީ ބައެއް ބެލެނިވެރިންގެ ވަރަށް ބޮޑު ޝަކުވާ އެކެވެ. ނަމަވެސް މިކަމަށް ވެސް ހައްލު އެބައޮތް ކަމަށް ކަމުގެ މާހިރުން ވިދާޅުވެ އެވެ.

އެކްސްޕާޓުން ވިދާޅުވާ ގޮތުގައި ދަރިފުޅު ކުޑައިރު ޕީނަޓަށް އެލާޖިކްވާނަމަ ކުއްޖާގެ އުމުރުން ފަސް އަހަރު ވަންދެން ޕީނަޓް ނުދީ މަޑުކޮށްލާށެވެ. އަދި އުމުރުން ފަސް އަހަރު ވުމުން ޕީނަޓް ދޭން ފަށާށެވެ. ސަބަބަކީ ފަސް އަހަރު ވުމުން ދަރިފުޅު ޕީނަޓަށް އެލާޖިކް ވުމުގެ ފުރުސަތު 81 ޕަސެންޓަށް ދަށްކޮށްދެ އެވެ.

ދަރިފުޅު ޕީނަޓަށް އެލާޖީ ވުމުން ސަލާމަތް ކުރުމަށް ކުއްޖާއަށް ކާންދޭން ފަށާ ދުވަސްވަރު ކެއުމުގައި ކޮންމެ ވެސް ވަރަކަށް ޕީނަޓް ހިމެނުމަކީ މިކަމުން ސަލާމަތް ވާނެ ކަމެކެވެ. ސަބަބަކީ ގިނަ ފަހަރަށް މިފަދަ ތަކެތި ކުދިންނަށް ދެނީ ކުއްޖާ ދަތް ފަޅާ ހަރު އެއްޗެހި ހެފޭ އުމުރަށް ދިއުމުންނެވެ. އަދި ކާން ދޭން ފަށާއިރު، ދިޔައި އެއްޗެހި ނުވަތަ އެންމެ ހިމުންކޮށްފައި ކާން ދިނުމުގެ ބަދަލުގައި ކުޑަކޮށް އަނގައިގަ ޖެހޭ ވަރަށް ކާންދޭށެވެ.

އެންއައިއެއިޑް ފަންޑުން 600 ތުއްތު ކުދިން ބައިވެރިކޮށްގެން ހަދާފައިވާ ދިރާސާއެއްގައި ބުނެފައިވަނީ ކުއްޖާއަށް ކާންދޭން ފަށާއިރު، ޕީނަޓް ކެއުމުގައި ހިމަނާނަމަ ކުދިން ޕީނަޓަށް އެލާޖިކް ވުމުން ދުރުކޮށްދޭ ކަމަށެވެ.