ވިލުފުށި

ގެއެއްގެ ތެރޭގައި ދެމަފިރިއަކު މަރުވެފައި ތިއްބާ ފެނިއްޖެ

މާވެޔޮ މަގުގައި ހުންނަ މ. ލައިޓް ސިގުނަލްގެ ކޮޓަރިއެއްގެ ތެރޭގައި ދެމަފިރިއަކު މަރުވެފައި ތިއްބާ ފެނިއްޖެ އެވެ. މަރުވެފައިވާ ތިއްބާ ފެނުނީ ތ. ވިލުފުއްޓަށް ނިސްބަތްވާ ގާސިމް ޝާހިދާއި ރަޒީނާ އިބްރާހިމް އެވެ.

އެ ދެމަފިރިން މަރުވެފައި ތިބި ނަމަވެސް މަރުވެފައިވާކަން ފުލުހުން ކަށަވަރެއް ނުކޮށްދެ އެވެ. ފުލުހުންގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވީ، ގެއެއްގެ ކޮޓަރި ތެރޭގައި ތިބި ދެ މީހެއްގެ "ހަބަރެއް ނުވެގެން" ފުލުހުންނަށް މިއަދު 12:40 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެ ތަނުގައި މިހާރު ފުލުހުންނާއި ޑޮކްޓަރުންގެ ޓީމެއް ވެސް ދަނީ ހަރަކާތްތެރިވެފައިވާ ކަމަށެވެ.

ލައިޓް ސިގުނަލްގައި މަރުވި ދެމަފިިރިންގެ ހަށިގަނޑު ބޮޑީ ބޭގުގައި މިހާރު ވަނީ ނެރެ، އައިޖީއެމްއެޗަށް ގެންގޮސްފަ އެވެ.

އެ ދެމަފިރިން އެ ކޮޓަރިއަށް ވަނީ ރޭ ގާތްގަނޑަކަށް 10:00 ޖެހި އިރު އެވެ. އެގޭގައި ދިރިއުޅޭ މީހަކާ ހަވާލާދީ އެ ސަރަހައްދުގައި ހުރި އަވަސްގެ ނޫސްވެރިޔާ ބުނީ ރޭ ނިދަން ވަން ގޮތަށް އެއް ގޮތަކަށް ވެސް ހަބަރެއް ނުވުމުން ކަމަށާއި އަދި މިއަދު ކުދިން ސްކޫލަށް ދާންވެގެން ގޮވުމުން ވެސް ހަބަރެއްވެފައި ނުވާކަމަށެވެ. ނަމަވެސް އޭގެގެ އެހެން މީހަކާ ހަވާލާ ދީ ބުނީ ރޭގެ ފަތިސް ނަމާދަށް ފަހުވެސް އެ ދެމަރިން ނުކުމެ އުޅުނު ކަމަށެވެ.

މި ދެމަފަރިން މަރުވި އިރު ތިން ކުދިން ވެސް ތިބެއެވެ. އޭގެ ތެރޭގައި ހަތް އަހަރުގެ ކުއްޖަކުވެސް ހިމެނެ އެވެ. ދެން ތިބެނީ 15 އަހަރާއި 21 އަހަރުގެ ދެބެންނެވެ. މި ދެމަފިރިންގެ ތެރެއިން އަންހެން މީހާގެ އުމުރަކީ 38 އަހަރެވެ. ފިރިހެންމީހާގެ އުމުރަކީ 50 އަހަރެވެ. ފިރިހެން މީހާއަކީ ރިސޯޓެގައި މަސައްކަތް ކުރާ މީހެކެވެ. އެ ގޭގައި ކުއްޔަށް އުޅޭ އެ ދެމަފިރިންނަކީ ވަރަށް އެކުވެރި ވަރަށް މަޑުމައިތިރި ދެމަފިރިންނެވެ. ކުއްލި ގޮތަކަށް އެ ދެމެފިިރިން މަރުވެފައި ތިއްބަ ފެނުއިރު ރެއާ ހަމައަށް ވެސް އެ ދެމެފިރިންގެ ހާލު ރަނަގަޅެވެ.

ފުލުހުން ގެންދަނީ މަރުގެ މި ހާދިސާ ބަލައި ތަހުގީގު ކުރަމުންނެވެ.