މޯލްޑިވްސް ޕޮލިސް ސާވިސް

ދަތުރުގޮސް މޫދުގައި އުޅުނު ކުއްޖަކު ގެނބިގެން މަރުވެއްޖެ

ފަޅުރަށަކަށް ދަތުރު ގޮސް އުޅުނު އަންހެން ކުއްޖަކު މޫދުގައި ގެނބިގެން މަރުވެއްޖެ އެވެ.

ފުލުހުން ބުނީ ތ. ވިލުފުށި ކައިރީގައި އޮންނަ ފަޅުރަށަކަށް ދަތުރު ގޮސް އުޅުނު ކުއްޖަކު ގެނބިގެން ވިލުފުށި ސިއްހީ މަރުކަޒަށް ގެންދާ ކަމުގެ މައުލޫމާތު ލިބުނީ މިއަދު މެންދުރު 12:45 ހާއިރު ކަމަށެވެ.

މަރުވެފައިވަނީ އުމުރުން 17 އަހަރުގެ ދިވެހި އަންހެން ކުއްޖެކެވެ.

ފުލުހުން އިތުރަށް ބުނީ މި ކުއްޖާ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުން މައުލޫމާތު ދީފައިވާ ކަމަށެވެ.

"މިމައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުން،" މީޑިއާ އާއި ހިއްސާކުރި މެސެޖުގައި ފުލުހުން ބުނެފައިވެ އެވެ.