ކަނޑު އުޅަނދުފަހަރު ދުއްވުމަށް ޓްރާންސްޕޯޓް އޮތޯރިޓީން ދެމުން އައި ތިޔަރީ ޓެސްޓްގެ ސުވާލު ކަރުދާސް ދޫނުކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ މިއަދުން ފެށިގެން އެއްވެސް ކައުންސިލަކުން އެ ކަރުދާސް ދޫނުކުރާނެ ކަމަާއި މިއަދުން ފެށިގެން މުޅިން އަލަށް ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ލައިސަންސް ދޫކުރާނީ އެ ފަރާތްތަކުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ގަވާއިދުގެ 24 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ނިޔަމިކަމުގެ ސަނަދު 1 ނުވަތަ ނިޔަމިކަމުގެ ސަނަދު 2 ފުރިހަމަކޮށްގެން ލިބިފައިވާ ސެޓުފިކެޓުގެ ކޮޕީ ހުށަހެޅުމުން ކަމަށެވެ.