ވައްކަން

ރިސޯޓެއްގެ ކޮޓަރިއަކުން ގިނަ އަދަދެއްގެ ގަހަނާ ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި

Jan 8, 2017

އދ. ރިސޯޓެއްގެ ގެސްޓް ކޮޓަރިއަކުން ވަގަށް ނަގާފައިވާކަމަށް ބެލެވޭ ޑޮލަރުތަކަކާއި ގަހަނާތަކެއް ހޯދައި އޭގެ ވެރިފަރާތާ ހަވާލުކޮށް
ވައްކަމުގެ ތުހުމަތަށް ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި އެވެ. މި ވައްކަން ކޮށްފައި ވަނީ އެ އަތޮޅުގެ ކޮން ރިސޯޓަކުން ކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ ޖެނުއަރީ 1 ވަނަ ދުވަހުގެރޭ އދ. ދިގުރަށުންނެވެ. ފުލުހުން ބުނީ އެމީހާ ހައްޔަރުކށް ހަށިގަނޑު ބަލައި ފާސް ކުރިއިރު އޭނާ ލައިގެންހުރި ފަޓުލޫނު ޖީބުން 1592 ސިންގަޕޫރު ޑޮލަރު ފެނުނު އިރު ގެންގުޅުނު ދަބަހެއްގެ ތެރެެއިން، ވަގަށް ނަފާއިވާކަމަށް ބެލެވޭ ގިނަ އަދަދެއްގެ ގަހަނާ ފެނިފައިވާ ކަމަށެވެ.

އޭނާގެ ބަންދަށް ކޯޓުން ދިން 10 ދުވަހާއެކު މައްސަލައިގެ ތަހުގީ ވަނީ ފަށާފަ އެވެ. މިދިއަ ހަފުތާގައި އެހެން ރިސޯޓެއްގެ ކޮޓަރިއަކުން ވެސް ބޮޑު ވައްކަމެއްކޮށްފައި ވެއެވެ.