އެހެންވީމަ ކިތަންމެ ލޯބިވިޔަސް، ހުއްދަ ހޯދުމެއް ނެތި ލޯބިވެރިޔާގެ ކެއުން ބުއިމަށް އަތް ބާނައި ހަދައިގެން ނުވާނެ އެވެ. މި ގަވާއިދު މުގުރާލުމަށް ފަހު ލޯބިވެރިޔާގެ ޕޮޓޭޓޯ ޗިޕްސް ދަޅެއް ކައި ހުސްކޮށްލި އިނގިރޭސި ވިލާތުގެ ޒުވާނަކަށް އޭނާގެ ލޯބިވެރިޔާ މި ވަނީ ވަޅިއަކުން ހަމަލާދީ އޭނާ ނިކަން ބޮޑަށް ޒަހަމްކޮށްލައިފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޗިޕްސްތައް ހުސްވެފައި ހުރި މަންޒަރު ފެނިގެން ރުޅިގަދަވި 36 އަހަރުގެ، ޑައޭން މާގްރެޓް ކްލޭޓަންގެ ހަމަލާގައި އޭނާގެ ލޯބިވެރިޔާ، ސައިމަން ހިލް ހަމަ ކިރިޔާ ސަލާމަތްވީ އެވެ. ކުއްލި ހާލަތުގައި އޭނާ ހޮސްޕިޓަލަށް ނުގެންދެވުނު ނަމަ ލޯބިވެރިޔާގެ އަތް ދަށުގެ ދުވަސްދިޔައީސްކަން ކަށަވަރެވެ.
ބަދިގެ ތެރެއިން އަތު ޖެހުނު އެންމެ ބޮޑު ވަޅިއެއް ނަގައިގެެން ގޮސް ކްލޭޓަން ވަނީ ލޯބިވެރިޔާގެ ކޮނޑަށް އެތައް ފަހަރެއްގެ މަތިން ވަޅި ހަރައިފަ އެވެ. މި ކުށަށް އޭނާ ކޯޓުގައި އިއުތިރާފުވެފައިވާއިރު 115 ޕައުންޑުން ޖޫރިމަނާކޮށް 26 ހަފުތާގެ ޖަލު ހުކުމެއް މިހާރު ވަނީ އިއްވައިފަ އެވެ.
ކޯޓުގައި ދިފާއީ ވަކީލުން ބުނެފައި ވަނީ ސައިމަން ހިލް، ކްލޭޓަން ރުޅިއެރުވީ ގަސްދުގައި ކަމަށެވެ.