ހަބަރު

ހައުސިންގެ ސްޓޭޓް މިނިސްޓަރު ކަމަށް ބޭފުޅަކު އައްޔަންކޮށްފި

Jan 11, 2017
ޑިޒާސްޓާގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް ކަމަށް ރަޝީދު

މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމަށް، ތ. ގުރައިދޫ މެދުގޭ، މުހައްމަދު އިބްރާހީމް މަނިކު މިއަދު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް، އައްޔަން ކުރައްވައިފި އެވެ.

އޭނާ އެ މަގާމަށް ހަމަޖެއްސެވި އިރު ނޭޝަނަލް ޑިޒާސްޓާ މެނެޖްމަންޓް ސެންޓަރުގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް، ލ. ގަން، ތުނޑީ، ކޯޒީކޯނާ އަޙްމަދު ރަޝީދު ވަނީ މިއަދު ބަދަލު ކުރައްވާފަ އެވެ.

އަޙްމަދު ރަޝީދު މީގެ ކުރިން ހުންނެވީ އެ އޮފީހުގެ އެގްޒެކެޓިވް ކޯޑިނޭޓަރުގެ މަގާމުގަ އެވެ.އޭ