ބޭރު ކުޅިވަރު

14 އަހަރު ފަހުން ސައުތެމްޓަން ފައިނަލެއްގެ ދޮރު ތަނަވަސްކޮށްފި

Jan 12, 2017

އީއެފްއެލް ކަޕް ނުވަތަ ލީގް ކަޕްގެ ސެމީ ފައިނަލް ދެ ވަނަ މެޗުގެ ފުރަތަމަ ލެގް މެޗްުގައި ލިވަޕޫލްގެ މައްޗަށް 1-0 ގެ ނަތީޖާ އަަކުން ކާމިޔާބު ހޯދައި 14 އަހަރު ފަހުން ބޮޑު މުބާރާތެއްގެ ފައިނަލަށް ދިއުމުގެ ދޮރު ސައުތުހެމްޓަން އިން ތަނަވަސް ކޮށްފި އެވެ.

އެންމެ ފަހުން ސައުތު ހެމްޓަން ފައިނަލެއްގައި ކުޅެފައިވަނީ 2003 ވަނަ އަހަރުގެ އެފްއޭ ކަޕްގެ ފައިނަލުގައި އާސެނަލްއާ ދެކޮޅަށެވެ. އެ މެޗުން ސައުތުހެމްޓަން ބަލިވީ 1-0 ގެ ނަތީޖާ އަކުން ނެވެ.

ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ހަމައެކަނި ލަނޑު ކާމިޔާބު ކުރީ ނަތަން ރެޑްމޮންޑެވެ. އޭގެ ކުރިންވެސް ރެޑްމޮންޑަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބުނެވެ. ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ލިވަޕޫލްގެ ކީޕަރު ލޮރިސް ކައުރިއަސް ވަނީ ދިފާއު ކޮށްފަ އެވެ.

ލިވަޕޫލުން ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ތަނަވަސް ކޮށްފަ އެވެ. މެޗުގެ ކުރީ ކޮޅު ރޮބާޓޯ ފްރިމިނޯ އަށް ލިބުނު ފުރުސަތު ސައުތުހެމްޓަންގެ ކީޕަރު ފްރެސާ ފޯސްޓާ ވަނީ ދިފާއު ކޮށްފަ އެވެ.