އަމިއްލައަށް މަރުވަނީ ކަމަށް ބުނެ ވިލިމާލޭގެ ކަނޑަށް އެރުނު އަންހެނަކު ސަލާމަތްކޮށްފި އެވެ. ފުލުހުން ސަލާމަތްކުރި އެ އަންހެން މީހާ ސަލާމަތް ކުރީ އެ ރަށުގެ ހުޅަނގުފަރާތު ބީޗާ ދިމާ މޫދަށް އެރިގެން ގޮސް ކަނޑަށް އެރިއުޅެނިކޮށެވެ.
ފުލުުހުން ބުނީ އަމިއްލައަށް މަރުވާނެ ކަމަށް ބުނެ ކަނޑަށް އެރުނު އަންހެން މީހާގެ މައުލޫމާތު އިއްޔެ ހަވީރު ލިބުމުން ވިލިމާލޭގައި މަސައްކަތްކުރާ ފުލުހުން އެ ސަރަޙައްސަށް ދިޔައިރު އަންހެން މީހާ ކަނޑުގައި އޮތް ކަމަށާއި އެ ވަގުތުން ފުލުހުން ގޮސް އޭނާސަލާމަތް ކޮށް ވިލިމާލޭ ހޮސްޕިޓަލުގައި ފަރުވާ ދީފައިވާ ކަމަށެވެ.
އެ އަންހެން މީހާއާ ބެހޭ ގޮތުން އެއްވެސް އިތުރު މައުލޫމާތެއް ސާފުވެފައެއް ނުވެއެވެ. ފުލުހުން ގެންދަނީ އެ މައްސަލަ އިތުރަށް ބަލަމުންނެވެ.