ލައިފްސްޓައިލް

ކިހިލި ޖަހަނީ ވާތްފަރާތަށް ތަ؟

Jan 13, 2017
2

އަމިއްލައަށް ވެސް ފާހަގަ ނުވޭ ހެއްޔެވެ؟ ދަރިފުޅު ކިހިލި ޖަހަނީ ވާތް ފަރާތައްކަން ފާހަގަވާނެ އެވެ. މިއީ ހަމަ އާންމުކޮށް އެންމެންހެން ދަރިން ކިހިއްޔައް ޖަހާ ފަޅި އެވެ. ސައިންސް ބުނަނީ މިއީ އިއްތިފާގެއް ނޫން ކަމަށެވެ.

ކުދިން ގޮވައިގެން އަވަސް އަވުރާވާލާފައި ދާން އުޅޭ ތަނަކަށް ދާއިރު ވާތްފަރާތަށް ކިހިލިޖަހާ ސަބަބު ޝައުގުވެރި ކުރުވަނީ މިއީ މަންމައިންގެ އިތުރުން ކުޑަ ދަރިފުޅު ކުޅެން ގެންގުޅޭ ބުދުވެސް ކިހިލި ޖަހަނީ ވެސް ވާތްފަޅިއަށްވާތީ އެވެ.

މިކަމާ ގުޅިގެން ހަދާފައިވާ ރިސާޗުގައި ބުނެފައިވަނީ 70-85 ޕަސެންޓް އަންހެނުން އަދި އަންހެން ކުދިން ވެސް ކުޑަ ކުދިން އަދި ކުޅެން ގެންގުޅޭ ބުދު ވެސް ކިހިލި ޖަހަނީ ވާތްފަރާތަށެވެ.

އަންހެނުން ވާތްފަރާތައް ކިހިލިޖެހުން ޝައުގުވެރިވި ނަމަވެސް ފިރިހެނުން މިއާ އިދިކޮޅެވެ. ގިނަ ފިރިހެނުން ކުދިން އުރަނީ އެކި ފަހަރު އެކި ކޮޅަށެވެ. ނަމަވެސް އާންމުކޮށް ބައްޕައިން ކުދިން އުރާ އުޅެނީ ވާތްފަރާތަށެވެ. ނަމަވެސް މި ރޫލް ފިރިހެނުންނަކަށް މާބޮޑަކަށް އެޕްލައިނުވެ އެވެ.

ވާތްފަރާތައް ކިހިލިޖެހުމުގެ ވާހަކައިގައި ސައިންސް ބުނަނީ މިއީ އަންހެނުންނާއި ދަރިންނާއި އޮންނަ ގުޅުން ގާތްކޮށްދޭ ކަމެއް ކަމަށެވެ. އަދި އާންމުކޮށް ވާތްފަރާތައް ކިހިލި ޖަހަނީ ސިކުނޑިން ފޮނުވާ މެސެޖުން ކަމަށެވެ. އަދި ވާތްފަރާތައް ކިހިލިޖެހުމުން ކަނާތްފަރާތުގެ މަސައްކަތް ހަލުވިކޮށް ދަރިންނާއި އޮންނަ ގުޅުމާއި މައިމީހާގެ ފިޒިކަލް އެކްޓިވިޓީސް އާއި ގުޅުން އޮންނަ ކަމަށެވެ.

ވާތްފަރާތަށް ކިހިލި ޖެހުމަކީ ހަމައެކަނި އިންސާނުން އެކަނި ކުރާ ކަމެއްނޫނެވެ. ފަހުގެ ދިރާސާ ދައްކާގޮތުން "މެމަލްސް"ގެ އަމަލުތައް ވެސް ހުންނަނީ މިހެންނެވެ. އެ އެއްޗިހި ވެސް ދަރިން ބަހައްޓަނީ ވާތްފަރާތުގަ އެވެ.