އެމްއެންޑީއެފް

ސިފްކޯ ހިޔާ އަންނަ އަހަރު ސިފައިންގެ އަހަރީ ދުވަހަށް ނިމެނޭ

Jan 12, 2017

ސިފައިންނާއި ސިފައިންގެ އާއިލާތަކަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް ހުޅުމާލޭގައި އިމާރާތްކުރާ ސިފްކޯ ހިޔާ ފްލެޓްތަކުގެ މަސައްކަތް އަންނަ އަހަރުގެ ސިފައިންގެ އަހަރީ ދުވަހަށް ނިމި ފްލެޓް ހަވާލު ކުރާނެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

ސިފްކޯހިޔާގައި ހިމެނެނީ، ސޯޝަލް ހައުސިން ޔުނިޓްތަކަށްވުރެ ލަގްޒަރީ ފެންވަރުގެ ތިން ކޮޓަރީގެ އެޕާޓްމަންޓެވެ. ތިން ޓަވަރު ހިމެނޭ ގޮތަށް އިމާރާތްކުރާ މި ފްލެޓްތަކުގެ ކޮންމެ އެޕާޓްމެންޓެއްގައި ވެސް 900 އަކަފޫޓު ހުރެއެވެ. ސިފްކޯ ހިޔާ ގައި ހިމެނެނީ 330 ފްލެޓެވެ.

ސިފްކޯ ހިޔާ ފްލެޓުތަކަކީ ސިފައިންނާއި، އާއިލާތަކަށް ހާއްސަވާ ގޮތަށް 2013 މަސައްކަތް ފްލެޓްތަކެކެވެ. މި މަސައްކަތާ ފުރަތަމަ ހަވާލުވީ ނޫމަޑި ރިސޯޓް އެންޑް ރެޒިޑެންޓްސްއެވެ. ނަމަވެސް މަސައްކަތް ކުރިއަށް ނުގޮސް ހުއްޓުމުން މަސައްކަތް ފަހުން ދިނީ އެކްސްޕާޓް ޕްރައިވެޓް ލިމިޓެޑަށެވެ.