ތޯރިގު އިބްރާހިމް

އައިރީނާ އެސެމްބްލީއަށް އެނާޖީ މިނިސްޓަރު ވަޑައިގެންފި

Jan 13, 2017

ޔޫއޭއީގައި ބާއްވާ އިންޓަނޭޝަނަލް ރިނިއުބަލް އެނާޖީ އެޖެންސީ (އައިރީނާ) ގެ ހަތް ވަނަ އެސެމްބްލީ ގައި ބައިވެރިވެ ވަޑައިގަތުމަށް އެނާޖީ މިނިސްޓަރު ތޯރިގު އިބްރާހީމް ފުރާވަޑައިގެންފި އެވެ.

މާދަމާއ އާއި ހޮނިހިރު ދުވަހު ކުރިޔަށްދާ އެސްމްބްލީގައި 150 ގައުމެއްގެ ސަރުކާރުގެ އިސްވެރިންނާއި އަމިއްލަ ފަރާތްތަކާއި އެހެނިހެން އިންޓަނޭޝަނަލް އޮގައިޒޭޝަންތަކާއި ސިވިލް ސޮސައިޓީގެ ފަރާތްތައް ބައިވެރިވެ އެވެ.

މި ބައްދަލުވުމުގައިި އިއާދަކުރަނިވި ހަކަތއިގެ ދާއިރާ ތަރައްގީ ކުރުމާއި ކުރިއަރުވާނެ ގޮތްތަކާއި ދާއިރާ ކުރިމަގު ބައްޓަން ކުރާނެ ގޮތްތަކާއިމެދު ދުނިޔޭގެ ފެންވަރުގައި ކަންތައްތަކެއް ނިންމާނެ އެވެ.

މިނިސްޓަރު ތޯރިގު މިއެސްމްބަލީގެ ހައިލެވެލް ސެގްމެންޓްގައި ވާހަކަ ފުޅު ދައްކަވާއިރު މިނިސްޓީރިއަލް ރައުންޑް ޓޭބަލް މަޝްވަރާތަކުގަ އާއި އައިރީނާގެ ސިޑްސް ލައިޓް ހައުސް އިނިޝިއޭޓިވް އިވެންޓްގައިވެސް ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވާނެ އެވެ.