ވައްކަން

އޮފީހެއް ފަޅާލައި ތިން ލައްކައަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފި

Jan 14, 2017
1
  • ތުހުމަތަށް ވަނީ މީހަކު ހައްޔަރުކޮށްފައި
  • ދެ ލައްކައަށްވުރެ ގިނަ ފައިސާ ވަނީހޯދާފައި
  • އިތުރު މީހުންނަށް ތުހުމަތު ކުރެވޭ

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލައި އެތަނުން ގިނަ އަދަދެއްގެ ފައިސާ ރޭ ވަގަށް ނަގާފައި ވަނިކޮށް އެ ފައިސާތަކު އެއްބައި ހޯދައި ތުހުމަތު ކުރެވޭ ހައްޔަރު ކޮށްފި އެވެ.

ޔުނިމެކްސް މޯލްޑިވްސް އޮފީސް ފަޅާލައި އެތަނުން 353،000 ރުފިޔާއަށް ވުރެ ގިނައިން ވަގަށް ނަގާފައިވެ އެވެ.

ފުލުހުން ބުނީ އެ މައްސަލަ މިއަދު ހެނދުނު 10:00 ޖަހާ އެކަންހާއިރު ހުށަހެޅުމާއެކު ގިނައިރުތަކެއް ނުވަނީސް އެ އޮފީހުން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ 200،000 ރުފިޔާއަށްވުރެ ގިނަ ރުފިޔާ ހޯދިފައިވާ ކަމަށާއި އެ ވައްކަމަށް ތުހުމަތުކުރެވޭ މީހަކު ވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ބުނީ ވަގަށް ނަގާފައިވާ ފައިސާތަކުގެ ތެރެއިން ބާކީ ހުރި ފައިސާތަކާއި އެ ވައްކަމަށް ތުހުމަތުކުރެވޭ އިތުރު މީހުން ހޯދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.

"އޮފީސްތަކުގައި ގިނަ އަދަދެއްގެ ފައިސާ ބެހެއްޓުމުގެ ބަދަލުގައި ކޮންމެ ދުވަހަކުވެސް ބޭންކަށް ފައިސާ ޖަމާކުރުމަށް އިސްކަންދެއްވައި، ފައިސާ ގެންގުޅުއްވުމުގައާއި ތަނުގެ ސެކިއުރިޓީ ކަންކަން ހަރުދަނާކޮށް މިހާރަށްވުރެ އިތުރަށް ސަމާލުކަން ދެއްވުމަށް އިލްތިމާސްކުރަމަވެ." ފުލުހުންގެ ވެބްސައިޓްގައި ވެއެވެ.