ބޭރު ކުޅިވަރު

ލިވަޕޫލްގެ ކައުންޓައެޓޭކުން މިރޭ މެން ޔޫ "ފުނޑާ"ލެވޭނެތަ؟

Jan 15, 2017

އޭޕްރީލް 2013 ގައި ފުޓްބޯޅަ ބަދަލު ކޮށްލި އެވެ. ޔޫއެފްއާ ޗެމްޕިއަންސް ލީގްގެ ސެމި ފައިނަލުގައި ހޯސޭ މޮރީނިއޯގެ ރެއާލް މެޑްރިޑް ބަލި ކޮށް ލުމަށް ފަހު، ފައިނަލަށް ދިޔައީ ޔޯގަން ކޮލެޕްގެ ބްރޫޝިއާ ޑޯޓަމަންޑެވެ. ޓިޓޯ ވިލަނޮވާގެ ބާސެލޯނާ އަތް ދަށުލީ ޖޫޕް ހީންކޭސްގެ ބަޔާން މިޔުނިކެވެ. އޭރު ޕާސިން ގޭމަށް ބިނާވެފައިވާ ސްޕެއިންގެ ފުޓްބޯޅަ "ފުނޑާލީ" ޖަރުމަންގެ ކައުންޓަ އެޓޭކިން ފުޓްބޯޅައިގެ ދެ މޭސްތިރިން ނެވެ.

މިރޭ އޮތީ އިނގިރޭސި ޕްރިމިއާ ލީގްގައި މޮރީނިއޯ އާއި ކޮލެޕްގެ ކުރިމަތި ލުމެވެ. ރެއާލްއާއެކު ޗެމްޕިއަންސް ލީގް ހޯދުމަށް މޮރީނިއޯ ކުރި އުންމީދު ފެނަށް ދުއްވާލީ ކޮލެޕް އެވެ. މޮރީނިއޯގެ ސިކުނޑީގައި އެކަން އަދިވެސް ހަރުލާފައި ހުންނާނެ އެވެ.

ކޮލެޕްގެ ވަރުގަދަ އެޓޭކިން ވިސްނުމާއެކު މިރޭ މެންޗެސްޓާ ޔުނައިޓަޑާ ދެކޮޅަށް ނުކުންނައިރު، ލިވަޕޫލްގެ ހާލަތު ތަފާތެވެ.

އެންމެ ފަހުން ކުޅުނު ތިން މެޗުގައި ވެސް ލިވަޕޫލަށް މޮޅެއް ލިބިފައެއް ނުވެއެވެ. ނަމަވެސް މޮރީނިއޯގެ މެންޗެސްޓާ ޔުނައިޓާޑް އޮތީ ރަނގަޅު ފޯމެއް ގައެވެ. އެންމެ ފަހުން ކުޅުނު 15 މެޗުގައިވެސް އެ ޓީމު ބަލި ވެފަ އެއް ނުވެއެވެ.

މެޗާ ބެހޭގޮތުން ކޮލެޕް ބުނީ މިއީ ވަރަށް ވަރަށް ބޮޑު މެޗެއް ކަމަށާއި އޭނާގެ ކުޅުންތެރިންނަށް މެޗުގައި އެމީހުންގެ ޒިންމާއަކީ ކޮބައިކަން ވެސް އެނގޭނެ ކަމަށެވެ.

އެންމެ ފަހުން ލީގް ކަޕް ސެމީ ފައިނަލުގައި ސައުތު ހެމްޓަން އަތުން 1-0 ވީ ބާއްޔާއެކު ކޮލެޕް ބުނެފައި ވަނީ، އެ މެޗުގައި އެއް ވުރެ ބޮޑު ނަތިޖާ އަކުން ބަލިވުމުގެ ފުރުސަތު އޮތް ކަމަށެވެ. އެ ބައްޔާއެކު އެޓީމަށް މިޖެހުނީ ވަރުގަ ޔުނައިޓަޑެވެ.

"މިއީ ވަރަށް ތަފާތު މެޗެކޭ ބުނާނެ ކިތަންމެ ކަންކަމެއް އެބަހުރި ނަމަވެސް އަހަރެމެން ދެނެގަންނާނަން އަހަރެމެންނަކީ ލިވަޕޫލް ކަން،" އޭނާ ބުންޏެވެ. "ނަތީޖާ ނެރުމަށް ވަރުގަދަ ކުރިމަތި ލުމެއް ބަލަން ބޭނުންވާ އެންމެންނަށް ބުނެލަން، މިއީ ވަރުގަދަ މެޗެއް މެޗް ބަލާށޭ މިއީ ހާއްސަ މެޗެއް."

މޮރީނިއޯ އަށް އޮތް ނުތަނަވަސް ކަމަކީ، ލިވަޕޫލާ ދެމެދު އޮތް ފަރަގު ބޮޑު ވުމެވެ. އެޓީމާ ލިވަޕޫލާ ދެމެދު ފަސް ޕޮއިންޓްގެ ފަރަގު އެބަ ހުއްޓެވެ.

ނަމަވެސް ލީގް ކަޕުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގް މެޗުގައި ހަލް ސިޓީގެ މައްޗަށް، ހޯދި މޮޅާއެކު އެޓީމުން ވަނީ ޖެހިޖެހިގެން ނުވަ މޮޅު ހޯދާފަ އެވެ.

"އެއްވެސް ޓީމެއް ހާހެއް ނުވޭ، އެންމެންވެސް ބޭނުމީ ވާދަ ކުރަން... އަހަންނަށް ޔަގީން ޔޯގަން (ކޮލެޕް) އެއީ ހަމަ ކުރީގެވެސް ޔޯގަން، ލިވަޕޫލް ކުޅުންތެރިނަކީވެސް ހަމަ އެވަރުގެ ކުޅުންތެރިން ވަރުގަދަ މެޗަކަށް ހަދަމާ ހިނގާ އެއީ ތިން ޕޮއިންޓް ހަމައެޔާ އެކު އިމޯޝަނަލް މެޗެއް." މޮރީނިއޯ ބުންޏެވެ.

ހަލް ސިޓީ އާ ދެކޮޅަށް ކުޅުނު މެޗުން ބާކީ ކުރި ޒަލްޓާން އިބްރޮހިމޮވިޗަށް މެޗުން ފުރުސަތު ދޭނެ އެވެ. ޕައުލް ޕޮގްބާ އާއި އިބްރޮހިމޮވިޗް ކޮމްބިނޭޝަން އާއެކު މެންޔޫގެ ހަމަލާތައް ވަރުގަދަ ވެގެން ދާނެ އެވެ.

ފޯމުގައި އޮތް މެންޗެސްޓާ ޔުނައިޓާޑްގެ ޓީމު އެކީ ފުނޑާ ލެވޭނެ ގޮތަކީ ކައުންޓާ އެޓޭކްގައި ވަރުގަދަ ހަމަލާތައް ލިވަޕޫލަށް ރޭވިގެން ނެވެ. މިރޭގެ މެޗް ފަށާނީ ރާއްޖޭ ގަޑިން 9:00 ޖަހާއިރު އެވެ.