ބޭރު ކުޅިވަރު

ރެއާލްގެ ފުރަތަމަ ބަލި ސެވިއްޔާ އަތް ދަށުން

Jan 16, 2017

ކެޕްޓަން ސާޖިއޯ ރާމޯސް އަތުން ބައިކޮޅަށް ވަން ލަނޑުން 2-1 އިން ސެވިއްޔާ އަތުން، ސީޒަންގައި ރެއާލް ފުރަތަމަ ފަހަރަށް ބަލި ވެއްޖެއެވެ.

ރެއާލް އެންމެ ފަހުން ބަލި ވެފައި ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހު، ޔޫއެފްއާ ޗެމްޕިއަންސް ލީގްގް ކްއާޓާ ފައިނަލުގެ ފުރަތަމަ ލެގް މެޗުގައި ވުލްފްސްބާގް އަތުން ނެވެ.

ރެއާލް ގެ ފުރަތަމަ ލަނޑު މެޗްގެ 67 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ލިބުނު ޕެނަލްޓީ އަކުން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

ސެވިއްޔާ އަށް އެއްވަރު ކޮށްދިން ލަނޑަކީ، އެ ޓީމަށް ލިބުނު ހިލޭ ޖެހުމެއް ދިފާއު ކުރަން އުޅުމުގެ ތެރޭގައި އޭނާގެ ބޮލުގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ.

މެޗްގެ އިތުރު ވަގުތުގައި ސެވިއްޔާ މޮޅު ކޮށްދިން ލަނޑު ކާމިޔާބު ކުރީ ސްޓިވަން ޖޯވެޓިކް އެވެ.

މެޗަށް ފަހަު ވާހަކަ ދައްކަމުން ސެވިޔާގެ ކޯޗް ހޯޖޭ ސަމްޕޯލީ ބުނީ ރެއާލްގެ ރެކޯޑަށް ނިމުން ގެނެވޭނެ ކަމަށް އެނގޭ ކަމަށެވެ.