މިރޭ މާލޭގައި ހިނގި އެކްސިޑެންޓްގައި ޒުވާނަކު ޒަހަމްވެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އެބަދެ އެވެ.
މިރޭ 7:00 ޖަހާ އެހާކަންހާއިރު އަކިލެގެފާނުމަގުގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވީ 19 އަހަރުގެ ޒުވާނެކެވެ.
އޭނާ އެކްސިޑެންޓްވެ އަނިޔާވީ އަލިކިލެގެފާނުމަގުން ދެކުނުން އުތުރަށް ދުއްވަނިކޮށް ސައިކަލެއް ކަހާލައިގެން ވެއްޓި ދުވާރުގައިގައި ބޯ ޖެހި ފަޅައިގެން ގޮހެވެ. އެވަގުތު އޭނާ ޓެކްސީއެއް މަޑުކުރުވައި އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައީ އެ ސަރަހައްދުގައި އެވަގުތު ހުރި ފުލުހެކެވެ.